އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ވެރިޔަކަށް އަލަށް އައްޔަނުކުރި އިސްމާއިލް ސާޖިދާ ބައްދަލުކޮށްފިއެވެ.
އޭސީސީ އިން ބުނީ މިއީ ތައާރަފުވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
މި ބައްދަލުވުމުގައި ދެ މުއައްސަސާއާ ގުޅުންހުރި މައްސަލަތަކުގައި އެކުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ.
ސާޖިދު އެފްއައިޔޫގެ ވެރިޔަކަށް އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފް އެހެން ޑިޕާޓްމެންޓަކަށް ބަދަލުކުރުމާ ގުޅިގެންނެވެ.
އެ މަގާމުގައި ކުރިން ހުންނެވި ވެރިޔާ އެހެން ޑިޕާޓްމެންޓަކަށް ބަދަލުކޮށްފައިވަނީ، އެފްއައިޔޫއިން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހިއްސާވާ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭ ގޮތުން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެއް ސޯޝަލް މީޑިއާގައި އާންމުވި ފަހުންނެވެ.
އެ މައްސަލަ މިދިޔަ އަހަރުން ފެށިގެން ބަލަމުން އަންނަ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު