ބ. ދޮންފަނުގައި މިއަހަރު ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކާއެކު އެރަށަށް ދިމާވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބ. އަތޮޅު ދޮންފަނު ރައްޔިތުންނާއި ބައްދަލުކުރަށްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ދޮންފަނުގެ ތަރައްޤީއަށް ވެވަޑައިގެންފައިވާ ވަޢުދުތަކަކީ ރައްޔިތުންނަށް އުންމީދު ހޯދައިދިނުމަށް ވެވުނު ވަޢުދުތަކެއް ކަމަށެވެ. ރައީސް ވިދާޅުވީ މިހާތަނަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ ވަޢުދުތައް ފުރިހަމައަށް ފުއްދުމަށް ކަމަށާއި، މިހާރު ގިނަ ކަންކަން ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ މި ދަތުރުފުޅުގައި ސޮއިކުރެވުނު ބަނދަރު ނެރު ބަދަލުކުރުމާއި މޫދަށްއެރޭ ސަރަހައްދު ތަރައްޤީކުރުމާއި ބިން ހިއްކުމުގެ އެއްބަސްވުމަކީ އެ މަސައްކަތްކުރުމަށް ވެފައިވާ ވަޢުދެއްކަން ފާހަގަކުރަށްވައި ރައީސް މުޢިއްޒު ވިދާޅުވީ އެކަންކަން މިއަހަރު އަމަލީގޮތުން ފަށްޓަވާނެކަމަށެވެ. މި މަސައްކަތުގެ ދަށުން އެ ރަށަށް 13 ހެކްޓަރުގެ ބިން އިތުރުކުރުމުން ރަށުގެ ބިމުގެ ދަތިކަމަށް ހައްލު އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ދޮންފަނު ސްކޫލުގެ މަލްޓިޕާޕަސް ހޯލާއި، ސައިންސްލެބު އަދި ލައިބްރަރީ މަޝްރޫޢުއާއެކު ޖާގައިގެ މައްސަލަ ހައްލުކުރުމަށް ސޮއިކުރެވުނު އެއްބަސްވުމާއެކު ތަޢުލީމީ ދާއިރާއިން ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
“ކުޅިވަރުގެ ދާއިރާއިންވެސް ތަރައްޤީ ގެންނަން ވާނީ ވަޢުދުވެފައި، އެދާއިރާއިން ފުޓުބޯޅަ ދަނޑު ފެށިފައިވީނަމަވެސް އޮތީ ދަނޑުގެ ހުރިހާ މަސައްކަތެއް ނިންމޭގޮތަކަށްނޫން. އަޅުގަނޑުމެން ދަނޑުގެ މަސައްކަތް މިފަށަނީ ހުރިހާކަމެއް ފުރިހަމަވާގޮތަށް. މި މަޝްރޫޢު އަޅުގަނޑުމެން ނިންމާލާނީ ފެންސާ ލައިޓުގެ މަސައްކަތާވެސް އެކީގައި.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދޮންފަނުގައި ފުޓްސަލް ދަނޑެއްވެސް ތަރައްޤީކޮށްދޭނެކަމަށާއި، އެއީ ހޭންޑް ބޯލް ކުޅެވޭގޮތަށް ދެ ކުޅިވަރަށް ޚާއްޞަ ސައިޒުގެ ތަނެއްގޮތަށް ތަރައްޤީކުރާ ތަނެއްކަމަށެވެ. އަދި މިއަހަރު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމުގެ އަމަލީ މަސައްކަތް ފަށާނެކަމަށާއި، އަންނަ އަހަރު ވޮލީ ކޯޓެއް ތަރައްޤީކޮށްދޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށް ސިއްޙީ ދާއިރާ ތަރައްޤީކުރުމަށްވެސް އެމަނިކުފާނު ވަޢުދުވެފައިވާކަމަށާއި، އެމަސައްކަތްކުރުމަށް އެގްރިމަންޓުގައި ސޮއިކޮށް ކުންފުންޏަކާ ހަވާލުކޮށްފައިވާކަމަށްވެސް ރައީސް ވަނީ ފާހަގަކުރަށްވާފައެވެ. އެއީ ހުރިހާ ވަސީލަތްތައް ފުރިހަމަ އިމާރާތެއް ކަމަށާއި، އެކަމުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެކަމަށާއި، އިންސާނީ ވަސީލަތް އިތުރުކުރުންވެސް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މިވަގުތު ދޮންފަނަށް އޮތް އެންމެ ބޮޑު ދައްޗަކީ ފެނާއި ނަރުދަމާ ހުއްޓިފައި އޮތުން ކަން ފާހަގަކުރަށްވައި ރައީސް ވިދާޅުވީ އެކަމުގެ މައިގަނޑު މައްސަލައަކީ މަސައްކަތްކުރާނެ މުވައްޒަފުން ލިބުމުގެ ދަތިކަންކަމަށެވެ. އަދި ކުރިން އަމިއްލަ ފަރާތަކާ ހަވާލުކޮށްފައިވާ އެ މަޝްރޫޢު ހުއްޓިފައި އޮތުމުން، އެކަން އަލުން ވަރަށް އަވަހަށް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ބިދޭސީ މަސައްކަތްތެރިން ހޯދައިގެންވެސް މައްސަލަ ހައްލުކުރުމަށް އެމްޑަބްލިއުއެސްސީއަށް މިހާރު އަންގާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފެނާއި ނަރުދަމާ ނިމުމުން މަގުހެދުން ފަށްޓަވާނެކަމުގެ ޔަޤީން ކަން ދެެއްވިއެވެ.
ރައީސް ވިދާޅުވީ މި ހުރިހާ މަޝްރޫޢުތަކާއެކު ރަށުގައި ހުރި ގިނަ މައްސަލަތަކަށް ޙައްލު އަންނާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު