ލާމަރުކަޒީ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކޮށްފައިވާ އިސްލާހުތަކުގެ ސަބަބުން އެއްވެސް ކައުންސިލަކަށް ލިބިފައިވާ ބާރެެއް ހަނިކޮށްފައިނުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ބ. ދަރަވަންދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް މިހާރު ގެނެސްފައިވާ އިސްލާޙުތަކުގެ ސަބަބުން އެއްވެސް ކައުންސިލަކަށް ލިބިފައިވާ ބާރެއް ހަނިނުވާނެ ކަމަށާއި، މި އިސްލާޙުތަކަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ގުޑް ގަވަރނަންސް ޤާއިމުކުރުމަށް ގެނެވުނު އިސްލާޙުތަކެއް ކަމަށެވެ.
ރައީސް ވިދާޅުވީ، ޗެކް އެންޑް ބެލެންސް ނިޒާމެއް ޤާއިމުކުރުން ނޫންކަމެއް، އަދި ގުޑް ގަވަރނަންސް ނޫން ކަމެއް، އަދި އަމިއްލަ ކުދިކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކުގެ ވިޔަފާރިތައް ހިމާޔަތްކުރުން ނޫން ކަމެއް، ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާޙުތަކުގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ. އެހެންކަމުން، މި އިސްލާޙުތަކަކީ ހަމައެކަނި ރައްޔިތުންނަށް ފައިދާހުރި، ނިޒާމު ހަރުދަނާކުރާނެ ކަންތައްތަކެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުން މިހާރު ފާސްކޮށްފައިވާ އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކަށް ލިބޭނީ އިތުރު ބާރުވެރިކަން ކަމަށެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު މިރޭ ވެސް ވިދާޅުވީ މިއީ ލޯކަލް ގަވަރމަންޓް ނިޒާމާއި، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް އެނިޒާމު ޗެމްޕިއަން ކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާޙުތަކެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ސަރުކާރުން ބަލައިގަންނަ އަދި ވަރަށް ބޮޑަށް ހިންގަން ބޭނުންވާ ނިޒާމެއް ކަމަށެވެ. އެހެންކަމުން، މި ނިޒާމު އިތުރަށް ތަރައްޤީކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާޙުތައް މިހާރު ގެނެސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ކޮބައިތޯ މީގައި ކައުންސިލެއްގެ ބާރު ހަނިކޮށްފައި. ނޯންނާނެ،" ރައީސް ވަރަށް ކަށަވަރުކަމާއެކު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ކަންކަން ރައްޔިތުންނަށް ސަރުކާރުން ކިޔައިދެނީ މިކަންކަން ރައްޔިތުންނަށް ސާފުނުވެ އޮތުމުން ކަމަށެވެ. ބައެއް ކައުންސިލްތަކުން އަދި ބައެއް ކައުންސިލަރުން ބައެއް ޖަލްސާތަކުގައި އެކި ކަހަލަ ވާހަކަ ދައްކަވަމުންދާ ކަމަށާއި، ފަހަރެއްގައި އެ ބޭފުޅުންނަށް ވެސް އެކަން ސާފުނުވެ އޮތީ ކަމަށް ވެދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ސަރުކާރުން ޚިދުމަތްދެމުން މިދަނީ ވަރަށް ސީރިއަސް ވިސްނުމެއްގައި ކަމަށެވެ. ރައީސް ވިދާޅުވީ، ރައްޔިތުން އެމަނިކުފާނާ ހަވާލުކުރި ޒިންމާ އަދާކުރުމުގައި ހޭދަވާ ކޮންމެ ސިކުންތެއް ވަރަށް މުހިންމު ކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ، އެމަނިކުފާނު ކުރައްވާފައިވާ ހުވައާ އެއްގޮތަށް، ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގައި ރެއާއި ދުވާލު ހޭދަކުރެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ލަފުޒީ މާނައިގައި ހަމަ ރެއާ ދުވާލު މިކުރެވެނީ އެ މަސައްކަތް ކަމަށާއި، އެކަން އެމަނިކުފާނު ކުރަންޖެހޭތީއާއި، އެކަން ޤަބޫލުކުރައްވާތީ ކަމަށެވެ. މުޅި ސަރުކާރުގެ ޓީމު، މިނިސްޓަރުން، އަދި މަޖިލިސް މެންބަރުން ވެސް އެ މަސައްކަތް ކުރަމުންދާ ކަމަށާއި، ކުންފުނިތަކުގެ ފަރާތުން ވެސް އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަސައްކަތަށް ކައުންސިލްތަކުން އެއްވެސް ކަހަލަ ހުރަހެއް ކުރިމަތި ކުރުމަކީ ވަރަށް ގެއްލުންހުރި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތައް ރައްޔިތުންގެ މަޖިލިހުން ފާސްކޮށް މިހާރު ވަނީ ތަސްދީގު ކުރުމަށް ރައީސަށް ފޮނުވާފައެވެ. ނަމަވެސް އެއީ ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ނިގުޅައިގަންނަ އިސްލާހުތަަކެއް ކަމަށް ބުނެ 50 އަށް ވުރެ ގިނަ ކައުންސިލުން ވަނީ އެބިލް ތަސްދީގު ނުކުރަން ރައީސަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު