ބޮލީވުޑްގެ މަޝްހޫރު ތަރި ސޮނާކްޝީ ސިންހާގެ ފުރަތަމަ ތެލެގޫ ފިލްމު "ޖަތަދާރާ" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފިއެވެ.
ހިންދީ ބަހުން ވެސް ޑަބްކޮށްގެން ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމަކީ ބިރުވެރި ފިލްމެކެވެ. ސޮނާކްޝީ އެންމެ ފަހުން ވެސް ފެނިފައި ވަނީ ބިރުވެރި ފިލްމަކުންނެވެ. އެއީ އޭނަގެ ބޭބެ ކުޝް ސިންޖާ ޑައިރެކްޓްކޮށް މިދިޔަ މަހު ގެނެސްދިން "ނިކިތާ ރޯއި" އެވެ.
މި ފިލްމުގެ ލީޑުން ސޮނާކްޝީއާއެކު ދެން ފެނިގެންދާނީ މަޝްހޫރު ތެލެގޫ އެކްޓަރު ސުދީރް ބާބޫ އެވެ.
އަބީޝެކް ޖައިސްވާލާއި ވެންކަޓް ކަލިއަން ޑައިރެކްޓްކޮށްފައިވާ މި ފިލްމުން ބޮލީވުޑްގެ ކުރީގެ ބަތަލާ ޝިލްޕާ ޝިރޯދްކަރް ވެސް ފެންނާނެ ކަމަށް ރިޕޯޓުގައި ވެއެވެ.
މި ފިލްމު ސިނަމާތަކަށް ނެރޭ ދުވަހެއް އަދި ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު