ލ. ގަމުގައި މިދިޔަ މަހުގެ 6 ވަނަ ދުވަހު ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެނަކު ނިޔާވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގީ ލ. ފޮނަދޫން ގަމަށް ދަތުރުކުރި ސައިކަލެއް މަގުމަތީގައި ހުރި ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި އަނިޔާވީ އެ ސައިކަލުގައި ތިބި ދެ އަންހެނަކަށެވެ.
އެ މީހުންނަށް ފަރުވާ ދިނުމަށް ފަހު ހާލު ބޮޑުވި އެކަކު މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް، އޭނާ މިއަދު ވަނީ ނިޔާވެފައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ނިޔާވީ ކ. ގުރައިދޫއަށް ނިސްބަތްވާ މީހެކެވެ.
ފުލުހުން މީގެކުރިން ބުނެފައިވަނީ، އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު