ކޫލީ ގެ ޕޯސްޓަރު-
ކޫލީ ގެ ޕޯސްޓަރު-
އިންޑިއާގެ ސައުތު ސިނަމާގެ މަޝްހޫރު ތަރި ރަޖްނީކާންތުގެ އާ ފިލްމު "ކޫލީ" ސިނަމާތަކަށް ނެރުމުގެ ކުރިންވެސް އެއަށް ރެކޯޑް އާމްދަނީއެއް ލިބިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމުގެ ރިލީޒްކުރުމުގެ ކުރިން ވިއްކި ޓިކެޓްތަކުން ދުނިޔޭގެ ބޮކްސް އޮފީހުގައި 110 ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ. އެއީ ފުރަތަމަ ތިން ދުވަހަށް ވިއްކާފައިވާ ޓިކެޓްތަކުން ލިބުނު އާމްދަނީ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

އޭގެ ތެރެއިން 80 ކްރޯޑް ރުޕީސްއަކީ ހަމައެކަނި ޕްރިމިއާ ޝޯތަކަށް ވިއްކާފައިވާ ޓިކެޓްތަކުން ލިބުނު އާމްދަނީ އެވެ.

"ކޫލީ" އަކީ 350 އާއި 400 ކަރޯޑު ރުޕީސް އާ ދެމެދުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.

މިއީ ރަން ވިއްކުމުގެ ވަގު ވިޔަފާރިކުރާ މީހެއްގެ ވާހަކައިގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމު ސިނަމާތަކަށް ނެރެފައިވަނީ އިއްޔެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް