އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގައި އެންމެ އިތުބާރުކުރެވޭ އެއް ބައިވެރިޔާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ އިންޑިއާގެ 79 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި މެސެޖެއްގައެވެ. ރައީސް ވަނީ ދުވަހުގެ މުނާސަބާތުގައި އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ދުރޫޕަދީ މުރުމޫ އަދި އިންޑިއާގެ އެންމެހައި ރައްޔިތުންނަށް ހޫނު މަރުޙަބާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި ދިވެހިރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި އިންޑިއާއަކީ އެންމެ އިތުބާރުހުރި ބައިވެރިޔާއެވެ. އަދި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތްގުޅުމާއި، ދެ ޤައުމު ގުޅިގެން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުމުގެ ހެއްކެއް ކަމުގައި ވެސް ރައީސް ފާހަަގަކުރެއްވިއެވެ.

މީގެއިތުރުން، ރައީސް ވަނީ އިންޑިއާގެ މުސްތަޤުބަލަށް އިތުރު ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު