މީގެ ކުރިން ބޭއްވި ނޫސްވެރިކަމުގެ އެވޯޑް ހަފުލާގެ ތެރެއިން
މީގެ ކުރިން ބޭއްވި ނޫސްވެރިކަމުގެ އެވޯޑް ހަފުލާގެ ތެރެއިން
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ މި އަހަރުގެ އިނާމަށް އެދި 92 ފަރާތަކުން ހުށައަޅައިފިއެެެވެ.

ނޫސްވެރިންގެ މަސައްކަތް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން އަހަރަކު އެއްފަހަރު ދޭ ނޫސްވެރިކަމުގެ އިނާމު މިއަހަރު 14 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މި އިނާމުދޭ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ތަޙްޤީޤީ ނޫސްވެރިކަން، އިޖްތިމާޢީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުޢީ އަދި ޤާނޫނީ ދާއިރާ، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފޮޓޯ ޖަރނަލިޒަމް، ޑޮކިއުމެންޓަރީ، ލައިފްސްޓައިލް، މުނިފޫހިފިލުވުމާއި ފަންނުވެރިކަން، ފީޗަރ ރިޕޯޓިންގ، ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާ، އަދި އޯޑިއޯ ޖަރނަލިޒަމްއެވެ. މީގެ އިތުރުން، އުންމީދީ ނޫސްވެރިޔާގެ އިނާމާއި، އަހަރުގެ އެންމެ މޮޅު ނޫސްވެރިވެރިޔާގެ އިނާމު، އަދި ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމުވެސް ހިމެނެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން 12 ވަނަ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ ފުރުޞަތު ފުރަތަމަ ހުޅުވާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 13 ވަަނަ ދުވަހުއެެވެ. އޭގެފަހުން، އެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު ދެ ފަހަރެއްގެ މަތިން އިތުރުކޮށްފައިވާ ކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު