ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި އިތުރު އަސްކަރީ ކަނޑުގެ އުޅަނދުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ހޯއްދަވައިދެއްވާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މިހެން ވިދާޅުވީ، ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރު، ޤައުމީ ދިފާޢީ ބާރާއި ޙަވާލުކުރުމާއި ކޮމިޝަން ކުރުމުގެ ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް ހިލްމީ ވިދާޅުވީ، ދިވެހި އަސްކަރިއްޔާއާ މަތިކުރެވިފައިވަނީ ނުހަނު ބިޔަ ކަނޑުގެ ސަރަޙައްދެއް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ކަމަށެވެ. އެއީ 200 މޭލުގެ އެތެރެއާއި ދުއިސައްތަ މޭލުގެ ބޭރުގެ ސަރަޙައްދު ކަމަށާއި މި ބޮޑު ސަރަޙައްދު ބެލެހެއްޓުމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް އިތުރަށް ވިދާޅުވީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި މަތިކުރެވިފައިވާ މަސްއޫލިއްޔަތު އަދާކުރުމަށާއި، އަދި ދިވެހިރާއްޖެއިން ބަލައިގެންފައިވާ ބައިނަލްއަޤްވާމީ ކަނޑުގެ މުޢާހަދާތަކުން ދިވެވެހިރާއްޖެއަށް މަތިކޮށްފައިވާ ޒިންމާތައް ފުރިހަމައަށް އަދާކުރުމުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޤާބިލުކަން އިތުރުކުރެއްވުމަކީ ރައީސް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ ކަމެއް ކަމަށެވެ.
ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ޢަސްކަރިއްޔާ ވަރުގަދަކުރެއްވުމަށް ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމަށް ޗީފް ހިލްމީ ފާހަގަކުރެއްވިއެވެ. އެގޮތުން، ތުރުކީ ވިލާތު ނޭވީގެ މަނަވަރެއް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ހޯއްދަވައިދެއްވައި، ދިވެހި ކަނޑުތައް ބެލެހެއްޓުމުގެ ޤާބިލުކަން ހޯއްދަވައިދެއްވުމަށްޓަކައި އެ މަނަވަރު ކޮމިޝަން ކޮށްފައިވާ ކަމަށް ޗީފް ވިދާޅުވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވީ، މި މަނަވަރަކީ ދިވެހި އަސްކަރިއްޔާގެ ކަނޑުމަތީގެ ލަޝްކަރުގެ ބާރު އެތަކެއް ގުނައެއް އިތުރުކުރާނެ އުޅަނދެއް ކަމުގައެވެ.
ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް ހިލްމީ ވިދާޅުވީ ތުރުކީ ވިލާތު ނޭވީގައި ކުރިން ބޭނުންކުރަމުން އައިސްފައިވާ މި އަސްކަރީ މަނަވަރު ވެގެންދާނީ ދިވެހި ޢަސްކަރިއްޔާގެ އަރުމާދަށް އިތުރުކުރެވިގެންދާ އެންމެ ބޮޑު އުޅަނދަށް ކަމަށެވެ. މިއީ ދިވެހި ދިފާޢީ ބާރުގެ ކަނޑުމަތީގެ ހަރަކާތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޗީފް ސިފަކުރެއްވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް އިތުރަށް ވިދާޅުވީ، މި މަނަވަރުގެ ހަތިޔާރަށާއި ފަޔަރ ޕަވަ ބެލިކަމުގައި ވިނަމަވެސް، މިއީ މިހާރު ކޯސްޓްގާޑުގައި ބޭނުންކުރާ އުޅަނދުތަކާ އަޅައި ބަލާއިރު މުޅިން އެހެން ދަރަޖައެއްގެ ނޭވީ މަނަވަރެއް ކަމަށެވެ. އެހެންކަމުން، މި އުޅަނދަކީ ދިވެހިރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ ކަނޑުތަކުގެ ތެރޭގައި ދިފާޢީ ބާރުގެ ޤާބިލުކަން ވަރަށް ބޮޑަށް އިތުރުކޮށްދޭނެ އުޅަނދެއް ކަމުގައި ޗީފް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޗީފް ހިލްމީ ވިދާޅުވީ، ކައިރި މުސްތަޤްބަލެއްގައި އިތުރު އަސްކަރީ ކަނޑުގެ އުޅަނދުފަހަރު އެމަނިކުފާނު އެމްއެންޑީއެފަށް ހޯއްދަވައިދެއްވާނެ ކަމަށާއި، މި މަންޒަރު ދާދި އަވަހަށް ފެންނާނެ ކަމަށެވެ. މިއީ ޢަސްކަރީ ތަރައްޤީ ކުރެއްވުމަށް ރައީސް މުޢިއްޒު ވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވަމުން ގެންދަވާ ކަމުގެ ވަރުގަދަ އަދި އަލިގަދަ ހެއްކަކަށް ފުދޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް ވަނީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމުގައި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގައި ދިވެހި އަސްކަރިއްޔާ ތަރައްޤީކުރެއްވުމަށް ރައީސް މުޢިއްޒު ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވައި އެންމެހައި ދިވެހި ސިފައިންގެ ނަމުގައާއި، އަދި އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރު އަދާކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު