2018 ވަނަ އަހަރު ފެބްރުއަރީ މަހު ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ހައްޔަރުކުރަން ޖެހުނު ސަބަބުކަމަށް ވިދާޅުވެ، ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ދައްކަވާފައިވާ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް އެކުލެވިގެންނުވާ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން މިރޭ ނެރުނު ބަޔާނެއްގައި، ވިދާޅުވީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެމަނިކުފާނު ހައްޔަރުކުރެވުނު ސަބަބާ ގުޅޭގޮތުން ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ދައްކަވާފައިވާ ވާހަކަފުޅުތަކަކީ ޙަޤީޤަތާ ޚިލާފު، އަދި އެއްވެސް އަސާސެއްނެތް ވާހަކަފުޅުތަކެއް ކަމަށެވެ.
އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމަކީ ރައީސް މައުމޫން ހައްޔަރުކުރެވުނު ސަބަބު ކަމަށް ވިދާޅުވެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކަކީ އެމަނިކުފާނުގެ އަބުރުފުޅަށް އުނިކަން ގެނައުމަށް ދެއްކެވި ނުރަނގަޅު ވާހަކަތަކެއް ކަމަށް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރަށް، 2018 ވަނަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުއްވި އަމުރަކީ ރައީސް މައުމޫނާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫންކަމަށް ބަޔާނުގައި ހާމަކުރައްވާފައިވެއެވެ. އަދި ކޯޓުގެ ނިންމުމަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން، އެއްވެސް އިރެއްގައި ފަނޑިޔާރުންނަށް ރިޝްވަތު ދެއްވާފައި ނުވާނެކަމަށްވެސް ރައީސް މައުމޫންގެ ފަރާތްޕުޅުން ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ވެސް، އޭގެ ކުރިންވެސް އަދި ފަހުންވެސް، ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގެ ފަނޑިޔާރަކަށް ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއެއްގެ މުވައްޒަފަކަށްވެސް ރިޝްވަތުގެ ގޮތުގައި އެއްވެސް އެއްޗެއް ދެއްވާފައި ނުވާނެކަމަށް އެބަޔާނުގައި ރައީސް މައުމޫން ވަނީ ޔަޤީންކަން އަރުވާފައެވެ.
އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކު މިފަދަ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ދެއްކެވުމަކީ އެކަށީގެންނުވާ ކަމެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، މިކަމާ ގުޅިގެން ޤާނޫނީ ފިޔަވަޅު އެޅުމާމެދު ވިސްނަވަމުން ގެންދަވާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
ނިންމާލަމުން، ރައީސް މައުމޫން ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފު އެއްވެސް ޢަމަލެއް އެމަނިކުފާނުގެ ފަރާތްޕުޅުން ދުވަހަކުވެސް ހިންގަވާފައިނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ސިޔާސީ އިސް ބޭފުޅުން އެކި ތުހުމަތު ތަކުގައި ހައްޔަރުކޮށް ބައެއް ބޭފުޅުންނަށް ދަޢުވާކޮށް ހުކުމްތައް ވެސް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު