ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުކުރާއިރު، އެ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފްޞީލު ވެސް ހާމަކުރަންޖެހޭ ގޮތަށް ޤާނޫނަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ވަނީ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބުދުﷲ އަށް މިއަދު ފޮނުއްވި ސިޓީއެއްގައި، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބޯހިޔާވަހިކަމުގެ ބިލުގައި މިހާރު ހިމަނާފައިވާ ކަންކަމުގެ އިތުރުން، އިތުރު އިޞްލާޙެއް ހުށަހަޅުއްވާފައެވެ.
ކުޑޫ ހުށަހަޅުއްވާފައިވަނީ ބޯހިޔާވަހިކަމުގެ ބިލުގެ 51 ވަނަ މާއްދާ، ނުވަތަ ސޯޝަލް ހައުސިންގ ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކުގެ ލިސްޓު އާންމުކުރުމާބެހޭ މާއްދާގެ ފަހަތަށް އައު މާއްދާއެއް އިތުރުކުރުމަށެވެ. އެ ހުށަހެޅުމުގައިވަނީ، ޤާނޫނުގައިވާ ގޮތުގެ މަތިން ސޯޝަލް ހައުސިންގ ޕްރޮގްރާމަކަށް ކުރިމަތިލުމަށް އެދި ހުށަހަޅާ އެންމެހައި ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ލިސްޓެއް ހައުސިންގ މިނިސްޓްރީން އާންމުކުރަންޖެހޭ ގޮތަށް ހެދުމަށެވެ. މި ލިސްޓުގައި ހިމަނަންޖެހޭ މަޢުލޫމާތުތަކަކީ:
- ފުރިހަމަ ނަން
- ދާއިމީ އެޑްރެސް
- ޝަރުޠު ހަމަވާކަން ނުވަތަ ނޫންކަން، އަދި - ޝަރުޠު ހަމަނުވާނަމަ އޭގެ ސަބަބު
- ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފްޞީލު
މިހާރު ސަރުކާރުން އާންމުކުރާ ސޯޝަލް ހައުސިންގ ސްކީމްތަކުން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުތަކުގައި ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ޝަރުޠު ހަމަނުވާ ސަބަބު ބަޔާންކޮށްފައި ހުރެއެވެ. ނަމަވެސް، ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފްޞީލު އާންމުކޮށްފައެއް ނުހުރެއެވެ. ހަމައެކަނި އާންމުކުރަނީ ޕޮއިންޓް ލިބިފައިވާ ޖުމްލަ އަދަދެވެ.
ބޯހިޔާވަހިކަމުގެ ބިލުގައި މި މާއްދާ ހިމެނުމަށް ހުށައަޅާފައިވަނީ، އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގެ "ގެދޮރުވެރިޔާ ސްކީމް" ގެ ދަށުން ހުޅުމާލެ ފޭސް 2 އިން ދޫކުރާ ފްލެޓްތައް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ޕޮއިންޓް ދިން ގޮތުގެ ތަފްޞީލު އާންމުނުކުރުމާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ޙައްޤުވާ މިންވަރަށްވުރެ މަދުން ޕޮއިންޓް ލިބުނު ކަމަށާއި ޝަރުޠު ހަމަނުވާ ފަރާތްތަކަށް ފްލެޓް ލިބުނު ކަމުގެ ޝަކުވާއާއެކު ގިނަ ބަޔަކު ހައުސިންގ މިނިސްޓްރީއަށް ގޮސް މީގެ ކުރިން ވަނީ އިހުތިޖާޖު ވެސް ކޮށްފައެވެ.
ޕޮއިންޓް ދިނުމުގައި އުސޫލާ ޚިލާފަށް ބައެއް ފަރާތްތަކަށް އިތުރު ޕޮއިންޓް ދީފައިވާކަން، 4،000 ފްލެޓުގެ ލިސްޓުގެ މައްސަލައާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ކުރި ތަޙުޤީޤުން ވެސް ވަނީ ހާމަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު