ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިޞްލާޙުތަކަކީ ޤައުމުގެ މިއަދުގެ ޙާލަތަށް ބޭނުންތެރި އަދި މުހިންމު އިޞްލާޙުތަކެއް ކަމަށާއި، މި އިޞްލާޙުތަކުގެ ސަބަބުން ރައްޔިތުންނަށް ފައިދާތަކެއް ލިބިގެންދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙުތަކާ ގުޅިގެން ކައުންސިލްތަކުގެ ޙައްޤުތައް ހަނިކުރެވިފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ނެރުއްވި ބަޔާނުގައި، ޤާނޫނުއަސާސީގައި ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއްކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައި، ލާމަރުކަޒީ ޤާނޫނު އެކުލަވާލެވިފައި އޮންނަންވާނީ އެފަދަ ދައުލަތެއްގެ އިމުގެ ތެރެއިން، ވެރިކަން ހިންގުމުގެ ބާރުތަކާއި އޮނިގަނޑާ ފުށުނާރާ ގޮތަށް ކަމަށް ވިދާޅުވެފައިވެއެވެ. އަދި ލާމަރުކަޒީ ޤާނޫނަށް 14 އަހަރު ވެގެންދާއިރު، އެ ޤާނޫނާއެކު ފެޑެރަލް ވިސްނުން ބައެއް ފަރާތްތަކުން ގެންގުޅެން ފަށާފައިވާ ކަމަށާއި، ޢާންމުކޮށް ސަރުކާރާ އިދިކޮޅު ސިޔާސީ ޕާޓީތަކުން މި ވިސްނުން ކުރިއަރުވަމުންދާކަން ފާހަގަކުރެވޭ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ފަދައިން، ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިޞްލާޙުތަކަކީ އެ ނިޒާމު "ހަރުދަނާކުރުމަށް" ގެންނަންޖެހޭ އިޞްލާޙުތަކެއް ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ. މިގޮތުން، އިންތިޚާބުތަކާ ދިމާކޮށް ދެވަނަ ދައުރަކަށް އިންތިޚާބުވުމަށްޓަކައި ރަށްރަށުގެ ބިންތައް ދޫކޮށް، ދައުލަތުގެ މާލިއްޔަތު ތަންނުދޭ މިންވަރަށް ގިނަ އަދަދެއްގެ މުވައްޒަފުން ނެގުމުގެ ފުރުޞަތު ކައުންސިލްތަކަށް އޮވެގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ޤާސިމް ވިދާޅުވީ މިހާރު އޮތް ކައުންސިލްތަކުގެ ދައުރު އަންނަ އަހަރުގެ މެއި މަހަށް ހަމަވާއިރު ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި ކައުންސިލްތަކުން އިޚްލާސްތެރިވާންޖެހޭނީ ޔުނިޓަރީ ދައުލަތުގެ ވިސްނުމަށް ކަމަށެވެ. އަދި ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކުން ފައިދާވާނީ ރައްޔިތުންނަށް ކަމަށް ޤާސިމް ވިދާޅުވިއެވެ.
"މިސާލަކަށް މިހާރު އޮތް ކައުންސިލްތަކުގެ ދައުރު އަންނަ 2026 މޭ މަހަށް ހަމަވާތީ ދައުރުގެ ބާކީ މިހާރު އޮތީ ގާތްގަނޑަކަށް 10 މަސް ކަމުގައި ވާތީ ކައުންސިލްތައް އިހުލާސްތެރިވާން ޖެހޭނީ ގާނޫނުއަސާސީގައި ބުނާ ޔުނިޓަރީ ދައުލަތުގެ ވިސްނުމަށް. މި އިސްލާހުގެ ސަބަބުން އަސްލުގައި ފައިދާ ވާނީ ރައްޔިތުންނަށް، ސަރުކާރަކަށް ނޫން،" ގާސިމް ނެރުއްވި ބަޔާނުގައިވެއެވެ.
ޤާސިމް ވިދާޅުވީ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަށް 3 ޝަރުތެއް ކަނޑައަޅައި، އޭގެ ތެރޭގައި އެފަދަ ވިޔަފާރިތަކަކީ އެ ކުންފުންޏެއް ނިސްބަތްވާ ރަށުގެ އަމިއްލަ ފަރާތްތަކުން ކުރަމުންދާ ވިޔަފާރިއަކަށް ވެގެން ނުވާނެކަން ހިމަނައިފައިވުމުން އޭގެ ފައިދާ ވެގެންދާނީ ރަށުގެ އާންމުންނާއި އާންމު ވިޔަފާރިތަކަށް ކަމަށެވެ. އެހެންކަމުން، މި ހުރިހާ އިސްލާހުތަކެއްގެވެސް ފައިދާ އޮތީ ރައްޔިތުންނަށް ކަމަށް ޤާސިމް އިބްރާހިމް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތައް މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގު ކުރައްވައިފަ އެވެ. އެ އިސްލާހުތައް ރައީސް ތަސްދީކުރެއްވިއިރު ގިނަ ކައުންސިލްތަކަކުން ވަނީ އެއީ ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް ހަނިކުރާ އިސްލާހުތަކެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު