ރަސްމާލެ މަޝްރޫޢު އިފްތިތާޙް ކުރުން
ރަސްމާލެ މަޝްރޫޢު އިފްތިތާޙް ކުރުން
ރަސްމާލެ މަޝްރޫޢުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 1153 ހެކްޓަރުގެ ތެރެއިން މިހާތަނަށް 129 ހެކްޓަރުގެ ބިން ހިއްކައިފިއެވެ.

އެޗްޑީސީން ބުނީ 2023 ވަނަ އަހަރު ޢަމަލީ މަސައްކަތް ފެށި މިމަޝްރޫއުގެ ދަށުން މިހާތަނަށް 129 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ. އެއީ މުޅި މަޝްރޫއަށް ބަލާއިރު، ބިން ހިއްކުމުގެ ގާތްގަނޑަކަށް 11 އިންސައްތައެވެ.

ރަސްމާލެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން އަދި މޯހަން މުތާ އެކްސްޕޯރޓްސްއާއި ހަވާލުކޮށްފައިވާއިރު މިއަހަރުގެ ކުރީކޮޅު މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

ތިމާވެއްޓާ ރައްޓެހި އިކޯ ސިޓީގެ މޮޑެލްއަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަސްމާލެ ވެގެންދާނީ އިންޑިޔާ ކަނޑުގައި ތަރައްޤީކުރާ ފުރަތަމަ ޒީރޯ ކާބަން ސިޓީއަށް ކަމަށާއި، މިއީ ޓެކްނޮލޮޖީގެ އިތުރުން ތިމާވެއްޓާއި ރައްޓެހި އިތުރު އީޖާދީ ބަދަލުތައް ރާއްޖެއަށް ތަޢާރަފްވެގެންދާނެ މަޝްރޫއަކަށް ކަމަށް ސަރުކާރުންވަނީ ބުނެފައެވެ.

ސަރުކާރުން ބުނެފައިވަނީ ރަސްމާލެ ހިއްކުމުން ހުޅުމާލެ ފޭސް 1 އަދި 2 އެއްކޮށްލުމުން ވާވަރުގެ ތިން ގުނަ ބިން ލިބޭނެ ކަމަށެވެ. އަދި އެތަނުގައި ގޯއްޗާއި ފްލެޓު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު ގާއިމުކުރާނެއެވެ. ރަސްމާލެއާ މާލެ ކަނޑުއަޑީގެ ޓަނަލަކުން ގުޅާލާނެ ކަމަށް ވެސް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު