ކައުންސިލުތަކުން ތަންތަން ކުއްޔަށް ދޫކުރުމާއި ކައުންސިލަށް މުވައްޒަފުން ނެގުމާއި ތަރައްގީގެ އާ މަޝްރޫއުތައް ފެށުން މެދުކަނޑާލުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ކައުންސިލުތަކަށް އަންގައިފި އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ކައުންސިލެއްގެ އުމުރުގައި ބާކީ އެއް އަހަރު ނެތް ނަމަ އެ ކައުންސިލުގެ އިހުތިސާސްގެ ދަށުގައިވާ ބިމާއި ފަޅާއި ފަރުގެ އެއްވެސް ސަރަހައްދެއް ކުއްޔަށް ދޫކުރުން މަނަލެވެ. ހަމަ އެގޮތަށް، ތަރައްގީގެ އާ މަޝްރޫއުއެއް ފެށުމާއި ކައުންސިލަށް މުވައްޒަފުން ނެގުން ވެސް މި އިސްލާހުތަކުގެ ދަށުން މަނާވާނެ އެވެ.
އެހެން ނަމަވެސް ގާނޫނަށް ގެނައި އިސްލާހުތައް ތަސްދީގު ކުރި ފަހުން ވެސް ބައެއް ކައުންސިލުތަކުން ވަނީ ކައުންސިލުގެ އިހުތިސާސްގެ ދަށުގައިވާ ބައެއް ތަންތަން ކުއްޔަށް ދޫކުރަން އިޢުލާނުކޮށްފައެވެ. އޭގެ ތެރޭގައި މ. މުލަކު ކައުންސިލް ހިމެނެއެވެ.
އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލު ސޮއިކުރައްވައި ކައުންސިލުތަކަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، އެ އޮތޯރިޓީއިން ވަކި ގޮތެއް ކަނޑައަޅަންދެން އެއްވެސް ކައުންސިލަކުން ތަންތަން ކުއްޔަށް ދޫކޮށް، މުވައްޒަފުން ނަގައި، ތަރައްގީގެ އާ މަޝްރޫއުއެއް ހިންގައިގެން ނުވާނެ ކަމަށެވެ.
"އަންނަނިވި ކަންކަމުން ކުރެ ކަމެއް އިއުލާނުކޮށް މި ގާނޫނު ތަސްދީގު ކުރުމާ ހަމައަށް ހަވާލުކޮށްފައިނުވާ ނަމަ މި އޮތޯރިޓީއިން ވަކި ގޮތެއް އަންގަންދެން އެފަދަ ކަންކަން ހަވާލު ކުރުމާއި މުވައްޒަފުން ނެގުން ހުއްޓާލުމަށް އަންގަން،" އެލްޖީއޭގެ އެންގުމުގައި ބުނެފައިވެއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އާ އިސްލާހުގެ ދަށުން، އެލްޖީއޭ އާއި ފައިނޭންސް މިނިސްޓްރީ އިން ބައެއް އުސޫލުތައް ލާޒިމްކުރާއިރު އަދިވެސް އުސޫލުތައް ހަދައި ނުނިމޭ ކަމަށް، ނިމާލް މިއަދު ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، އެހެން މީހަކު ކުރާ ވިޔަފާރިއެއް ކުރުމާއި ރަށުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ބޭނުންވާ ވިޔަފާރިއެއް މެނުވީ ކުރުން ކައުންސިލުތަކަށް މަނާވެގެންދާއިރު ކައުންސިލުތަކުން ކުރާ ވިޔަފާރިތަކަކީ، 10 މިލިއަން ރުފިޔާގެ އަގު ހުރި ވިޔަފާރިއަކަށް ވެސް ވާންޖެހެ އެވެ. ގާނޫނު ވުޖޫދުވާއިރު ކައުންސިލަކުން އެފަދަ ވިޔަފާރިއެއް ކުރާ ނަމަ އެ ވިޔަފާރިއެއް ގިނަވެގެން ތިން މަސްދުވަސް ތެރޭގައި ހުއްޓާލަންޖެހޭނެ ކަމަށް ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު