އައްޑޫ ސިޓީގައި ކަންބޮޑުވުންހުރި އެކި މައްސަލަތަކަށް ހައްލު ހޯދުމަށް ސިޓީ ކައުންސިލްގެ ޓީމަކުން ޓޫރިޒަމް މިނިސްޓަރ އަޙްމަދު ތޯރިގާ ބައްދަލު ކޮށްފިއެވެ.
މިއަދު ޓޫރިޒަމް މިނިސްޓްރީގައި އޮތް މި ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ މޭޔަރު ޢަލީ ނިޒާރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސިޓީ ކައުންސިލުން ބުނީ، މި ބައްދަލުވުމުގައި، އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ ހަންކެޑެ ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުކުރެވިފައި ވީނަމަވެސް އަމަލީ މަސައްކަތް ފެށިފައި ނުވާތީވެ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައިވާނޭ ކަމަށެވެ.
އޭގެ އިތުރުން ޝަންގްރިއްލާ ރިސޯޓު ހުޅުވުމާއި، އައްޑޫސިޓީގައި ހިއްކާފައިވާ 3 ރަށުގައި ކުރެވޭނެ ތަރައްގީގެ މަސައްކަތްތަކުގެ އިތުރުން އައްޑޫގެ ފަތުރުވެރިކަމުގެ ދާއިރާއިން ތަރައްގީއާއި ގުޅުންހުރި ކަންކަމާއި މެދު މަޝްވަރާކުރެވިފައިވާކަމަށް ކައުންސިލުން ބުނެއެވެ.
އަދި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ނެގޭ ކުނި ޖަމާކުރެވޭ ކުނި ކޮށީގެ ހާލަތާއި، އެތަނުގެ ވަށާފާރު ރޭނުމަށް މަޝްވަރާ ދިނުމާއި، ރީޖަނަލް ވޭސްޓް ސައިޓްގައި ގާއިމު ކޮށްފައިވާ ކުނިއަންދާ މެޝިން ބޭނުންކުރަން ނުފެށިފައިވާ މައްސަލައާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ. މި ބައްދަލުވުމުގައި އެ ސިޓީގައި ނޭޗާރ ޕާރކް ތަރައްގީ ކުރުމަށް ބޭނުންވާ ފަންޑް ހޯދުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މި ބައްދަލުވުމަކީ އެ ކައުންސިލްގެ ޓީމުން މިހާރު މާލެއަށް ކުރަމުންދާ ދަތުރުގައި އެކި މިނިސްޓްރީތަކާ ބައްދަލުކުރުމުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު