މަރްޔަމް ނަހްދާ ވަޙީދު   19 އޯގަސްޓު 2025 - 7:16
ބޭޑްސް އޮފް ބޮލީވުޑްގެ ޕޯސްޓަރު-
ބޭޑްސް އޮފް ބޮލީވުޑްގެ ޕޯސްޓަރު-
ބޮލީވުޑްގެ ސުޕަސްޓާރ ޝާހުރުކް ޚާންގެ ދަރިފުޅު އާރިޔަން ޚާން ޑައިރެކްޓުކޮށްފައިވާ ސީރީޒް "ބާސްޓަރޑްސް އޮފް ބޮލީވުޑް" ގެ ޓީޒާ ދައްކާލައިފިއެވެ.

ޓީޒާ ފެށިގެންދަނީ ޝާހްރުކްގެ 2000 ވަނަ އަހަރުގެ ފިލްމު "މުހައްބަތޭ" ގެ "ހަމް ކޯ ހަމީ ސޭ ޗުރާލޯ" ލަވައިގެ އިތުރުން ޝާހުރުކްގެ އަޑާވެސް އެކުގައެވެ. އަދި ޓީޒާގެ އެކި ހިސާބުތަކުން އާރިޔަންވެސް ފެނިގެންދެއެވެ.

މި ސީރީސްގެ ލީޑުން ފެނިގެންދާނީ ލަކްޝް ލަލްވާނީ އާއި ސަހެރް ބާމްބާ އެވެ. ލަކްޝް އަކީ ކަރަންް ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ މިދިޔަ އަަހަރުގެ އެކްޝަން ފިލްމު "ކިލް" އިން ތައާރަފުކުރި އެކްޓަރެވެ. ސެހެރް އަކީ އެކްޓަރި ސަނީ ޑިއޯލްގެ ދޮށީ ދަރިފުޅު، ކަރަން ޑިއޯލް ބޮލީވުޑަށް ތައާރަފުކުރި 2019 ގެ ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" ގެ ބަތަލާ އެވެ.

މީގެ އިތުރުން މި ސީރީސްގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ ބޮބީ ޑިއޯލް، މޯނާ ސިންގް، ރާގަވް ޖުޔަލް، ގޯތަމީ ކަޕޫރް، މާނަވް ޗޯހަން އަދި މަނޯޖް ޕަހްވާ އެވެ.

މީގެ އިތުރުން ވަރަށް ގިނަ ތަރިންތަކެއްގެ ހާއްސަ ފެނިލުންތަކެއް ވެސް ސީރީޒްގައި ހިމެނޭނެ އެވެ. އޭގެ ތެރޭގައި ޝާހްރުކް ވެސް ހިމެނެ އެވެ.

ބޮލީވުޑްގެ ވާހަކަތަކެއް ކިޔައި ދޭނެ "ބާސްޓަރޑްސް އޮފް ބޮލީވުޑް" ގެ ޓީޒާ ދައްކާލިނަމަވެސް މި ސީރީސް ނެރޭ ދުވަހެއް އަދި އާންމު ކޮށްފައެއް ނުވެއެވެ. މި ސީރީސް ނެރޭނީ ނެޓްފްލިކްސް އަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް