ދުރަންދަރުގެ ޕޯސްޓަރު-
ދުރަންދަރުގެ ޕޯސްޓަރު-
ގިނަ އަދަދެއްގެ ކުރޫ މެމްބަރުންތަކެއް ބަލިވުމާ ގުޅިގެން ބޮލީވުޑްގެ މަޝްހޫރު ތަރި ރަންވީރު ސިންގުގެ ކުރިއަށް އޮތް ފިލްމު 'ދުރަންދަރު' ގެ ޝޫޓިން މެދުކަނޑާލައިފިއެވެ.

ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނެފައިވަނީ ފިލްމުގެ ޝޫޓިންގެ ތެރެއިން ކެވުނު އެއްޗެއްގެ ސަބަބުން މަދުވެގެން 120 ކުރޫ މެމްބަރުންނަށް 'ފުޑް ޕޮއިޒަން' ވެފައިވާ ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ލަދަކްކުގެ ސިޓީއެއްގައި ޝޫޓުކުރަނިކޮށްނެވެ.

މި ހާދިސާގެ ސަބަބުން 100 އަށްވުރެ ގިނަ ކުރޫ މެމްބަރުން ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނު ކަމަށް ރިޕޯޓުގައި ވެއެވެ. އެގޮތުން ބައެއް މީހުންނަށް ބަނޑުގައި ރިއްސުމާއި، ހޮޑުލުމާއި ބޮލުގައި ރިއްސުންފަދަ މައްސަލަތައް ދިމާވިއިރު، ބައެއް މެމްބަރުންނަށް ހިތުގެ ބަލިތަކާ ގުޅޭ މައްސަލަތައްވެސް ދިމާވި ކަމަށް ރިޕޯޓުގައި ވެއެވެ.

އަދި މިކަމުގެ ސަބަބުން ފިލްމުގެ ޝޫޓިން މެދުކަނޑާލަން ޖެހުނު ކަމަށް ރިޕޯޓުގައި ވެއެވެ.

"ދުރަންދަރު" އަކީ މަޝްހޫރު ޑައިރެކްޓަރު އަދިތިޔާ ދަރު ޑައިރެކްޓުކުރާ ފިލްމަކަށްވީއިރު، މިއީ އަދިތިޔާ އާއި ރަންވީރު އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

މި ފިލްމު ނެރުމަށް ތާވަލުކޮށްފައިވަނީ މިއަހަރު ޑިސެމްބަރު 5 ވަނަ ދުވަހަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް