އައްޑޫގެ ރައްޔިތުންނާއި ސިޓީ ކައުންސިލްގެ ނަމުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ޚާއްސަ އެވޯޑެއް އަރުވައިފިއެވެ.
އެ އެވޯޑު ރައީސް ޞާލިޙާ ހަވާލުކޮށްދެއްވީ އައްޑޫގެ މޭޔަރު އަލީ ނިޒާރެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރު ޢަލީ ނިޒާރު ވިދާޅުވީ އައްޑޫގެ ރައްޔިތުންގެ ނަމުގައި ރައީސް ޞާލިޙަށް އެ އެވޯޑު އެރުވުމަށް ބޭނުންވީ އައްޑޫގެ ތަރައްގީއަށްޓަކައި އެ މަނިކުފާނު ކޮށްދެއްވި މަސައްކަތްޕުޅާއި، ލާމަރުކަޒީ ދާއިރާ ފައްކާކުރުމަށް އެމަނިކުފާނުގެ ޒައާމަތުގައި ގެނެސްދެއްވި ބަދަލުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށެވެ.
ރައީސް ސާލިޙްގެ ސަރުކާރުގައި އައްޑޫ ސިޓީގައި ތަރައްގީގެ ގިނަ ޕްރޮޖެކްޓުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި އައްޑޫ ބުރިޖުގެ މަޝްރޫއާއި މަގު ހެދުމުގެ މަޝްރޫއު ފަދަ މުހިންމު މަޝްރޫއުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު