ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ހަތަރު މެންބަރުންގެ މުއްދަތު ހަމަވާތީ އެ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި އެ މަގާމަށް ކުރިމަތިލުމުގެ ފުރުސުތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން އަންނަ މަހު 7 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް ކަމަށެވެ. އަދި ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުން ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
އިންޓެގްރިޓީ ކޮމިޝަންގައި ތިއްބަވަނީ ފަސް މެންބަރުންނެވެ. އޭގެ ތެރެއިން ހަތަރު މެންބަރުންގެ ދައުރު އޮކްޓޫބަރު މަހު ހަމަވާއިރު އޭގެ ތެރޭގައި ރައީސް އާއި ނާއިބް ރައީސް ވެސް ހިމެނެއެވެ. އެ ކޮމިޝަންގެ މެންބަރުންގެ ދައުރަކީ ފަސް އަހަރުގެ މުއްދަތެކެެވެ.
މީގެ އިތުރުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް އާ މެމްބަރަކު ހަދަން އިއުލާންކުރީ އެ ޓްރައިބިއުނަލްގެ ރައީސްކަމުގައި އެންމެ ފަހުން ހުންނެވި އަބްދުލްޣަނީ މުހައްމަދު އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި އެމަނިކުފާނު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އެ މަގާމަށް ވެސް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު