މާލޭގައި އައު މަސް މާރުކޭޓެއް އިމާރާތްކުރުމަށް 9.6 މިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގައި މާލޭ ސިޓީ ކައުންސިލުން ސޮއިކޮށްފައިވާކަމަށާއި، ނަމަވެސް މި ފައިސާ ދެއްކުމުގެ މާލީ ޤާބިލުކަން ކައުންސިލަށް ނެތްކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކުރީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް މާލޭ ސިޓީ ކައުންސިލް ހިންގެވި ދުވަސްވަރުގައެވެ.
މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 208 ވަނަ ޖަލްސާގައި މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމުގެ ކުރިން، އައު މަސް މާރުކޭޓެއް އިމާރާތްކުރުމަށް 9.6 މިލިއަން ޑޮލަރަށް ވަކި ކުންފުންޏަކާ ހަވާލުކޮށްފައިވެއެވެ. މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ސިޓީ ކައުންސިލްގެ ލީގަލް ކައުންސެލް އަލީ ނަސީރު ޤާސިމް ކަމަށްވެސް އާޒިމް ފާހަގަކުރެއްވިއެވެ.
މޭޔަރު އާޒިމް އިތުރަށް ވިދާޅުވި ގޮތުގައި، އައު މަސް މާރުކޭޓު އިމާރާތްކުރުމަށް ފުރަތަމަ އެއްބަސްވުން ހަދާފައިވަނީ 6.1 މިލިއަން ޑޮލަރަށެވެ. ނަމަވެސް ފަހުން މި އެއްބަސްވުން 9.6 މިލިއަން ޑޮލަރަށް އިތުރުކޮށް އެހެންފަރާތަކާ ހަވާލުކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
އެއްބަސްވުމުގައިވާ ގޮތުން، 9.6 މިލިއަން ޑޮލަރު ނުދެއްކިއްޖެނަމަ އެ އިމާރާތް އެ ކުންފުންޏަށް މިލްކުވެގެންދާނެ ކަމަށާއި، މިއީ ސިޓީ ކައުންސިލަށް ދެއްކޭނެ ފައިސާއެއް ނޫންކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން، މަސް މާރުކޭޓު އިމާރާތްކުރާއިރު އެތަނުގައި ހުރި ގޮޅިތައް ވަގުތީގޮތުން އެހެން ތަނަކަށް ބަދަލުކުރުމަށް ބޭނުންވާ ވަގުތީ ގޮޅިތައް ހެދުމުގެ ޚަރަދު އެއްބަސްވުމުގައި ހިމަނާފައިނުވާކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ. މިފަދަ 200 ގޮޅި ހެދުމަށް 2.1 މިލިއަން ރުފިޔާއަށް އެހެން ފަރާތަކާ ހަވާލުކޮށްފައިވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
މޭޔަރު އާޒިމް ވަނީ ދެވަނަ ކޮންޓްރެކްޓަށް އެންޓަރވި ސަބަބާއި، އެއްބަސްވުމުގައި ސޮއިކުރި ފަރާތުން މިކަން ކުރި އުސޫލާއި، ކާކު އަންގައިގެން ކަމާއި، ކޮން ނިންމުމެއްގެ މައްޗަށް ބިނާކޮށްކަމާއި، އަދި ބިޑު ކޮމިޓީގެ ނިންމުންތަކަކީ ކޮބައިކަން ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
"މިހާރުގެ އެއްބަސްވުން އޮތް ގޮތުން، މި ފައިސާ ނުދެއްކިއްޖެނަމަ މުޅި އިމާރާތް އެ ކުންފުންޏަށް މިލްކުވެގެންދާނެ. އޭރުން އެތާ މަސްމާރުކޭޓެއް ނުވަތަ ލޯކަލް މާރުކޭޓެއްވެސް އެޅުމުގެ ފުރުޞަތު ގެއްލިގެންދާނެ." މޭޔަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު