އއ. ރަސްދޫ ރައްޔިތުންނާއި ޓޫރިޒަމަށް ނަފާވާނެ ގޮތަށް މަޑިވަރުފިނޮޅު ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަސްދޫއަށް މިއަދު ހަވީރު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެެވެ. ރައީސް މުޢިއްޒު ވިދާޅުވީ ރަސްދޫ ރައްޔިތުންނާއި ޓޫރިޒަމް ދާއިރާއަށް ނަފާވާނެ ގޮތަށް މަޑިވަރުފިނޮޅު ތަރައްޤީކޮށްދެއްވާނެ ކަމަށާއި އެއީ ރައްޔިތުން އެމަނިކުފާނުގެ އަރިހުން ވަރަށް ބޮޑަށް އެދެމުންދާކަމެއް ކަމަށެވެ.
"މަޑިވަރުފިނޮޅަކީ ރަށުގެ ޓޫރިޒަމް އަދި ރައްޔިތުންގެ ބޭނުމަށް އޮތް ތަނެއް، ތިޔަ ބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް އެތަން ތަރައްޤީކޮށްދިނުމަކީ އަޅުގަނޑުގެ ވަޢުދެއް އެތަނުގައި ޖިއޯބޭގް ޖަހައި ތަރައްޤީކޮށްދީ، ޓޫރިޒަމްގެ ބޭނުމަށް ބޭނުންކުރެވޭނެ ގޮތަށް ހަދައިދިނުމަށް އިސްކަންދީގެން މަސައްކަތްކޮށްދޭނަން." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުން ރަސްދޫގައި ފަށްޓަވާފައިވާ އެކިއެކި މަޝްރޫޢުތަކަކީ ރަށުގެ ތަރައްޤީއަށް އިންތިހާއަށް މުހިންމު މަސައްކަތްތަކެއް ކަމަށެވެ. މި މަޝްރޫޢުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންގޮސް، އޭގެ މަންފާ ރައްޔިތުންނަށް ލިބޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސް މި ދަތުރުފުޅުގެ ތެރެއިން ރަސްދޫގެ އަސާސީ ވަސީލަތްތައް ތަރައްޤީކުރުމަށްޓަކައި ގިނަ މަޝްރޫޢުތަކެއް ވަނީ ފަށާފައެެވެ. އޭގެ ތެރޭގައި މަގު ހެދުމާއި، ސްކޫލުގެ ޖާގަ އިތުރުކޮށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމާއި، ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތްކުރުން ހިމެނެއެވެ. މި މަސައްކަތްތައް ވަނީ އެކި ކުންފުނިތަކާ ޙަވާލުކޮށްފައެވެ.
ރަސްދޫ ރައްޔިތުންނާއި ބައްދަލު ކުރަށްވައި ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ މިހާރު ކުރިއަށްދާ ބަނދަރު މަޝްރޫޢުއަކީ ރަށަށް ނުހަނު މުހިންމު މަސައްކަތެއް ކަމަށެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު ރަސްދޫ ބަނދަރަށް ދިމާވެފައިވާ މައްސަލަތަކަށް އެންމެ އެކަށީގެންވާ ޙައްލު ހޯދައިދެއްވައި މަގު ހެދުމުގެ މަޝްރޫޢުވެސް ރައްޔިތުންގެ އެދުމާ އެއްގޮތަށް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
މީގެ އިތުރުން ސްކޫލް މަޝްރޫޢުގެ ދަށުން، ކޮމްޕިއުޓަރ ލެބާއި ސައިންސް ލެބާއި، މަލްޓިޕަރޕަސް ހޯލާއި އިތުރު ވަސީލަތްތައް ޤާއިމްކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު