ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބަށް ގިނަ އަދަދެއްގެ މުވައްޒިފުން ހޯދަން އިލެކްޝަން ކޮމިޝަން (އީސީ) އިން އިއުލާންކޮށްފިއެވެ.
އެ ކޮމިޝަނުން ބުނީ އަންނަ އަހަރު އޮންނަ ދެ އިންތިހާބަށް އެ ކޮމިޝަންގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދަން ބޭނުންވާ ކަމަށެވެ. އެގޮތުން 260 އަށްވުރެ ގިނަ މަގާމަށް މުވައްޒަފުން ހޯދާކަމަށް އީސީ އިން ވަނީ ހާމަކޮށްފައެވެ.
އޭގެ ތެރޭގައި އޮފިސަރުންނާއި ކޮންޓެންޓް ކްރިއޭޓަރުންނާއި ސީނިއާ އޮފިސަރުންނާއި ޑްރައިވަރުންނާއި މެއިންޓަނަންސް އޮފިސަރުންނާއި ސެކިއުރިޓީ އޮފިސަރުންނާއި މަސައްކަތު މީހުން ހިމެނެއެވެ.
އަދި ލޮޖިސްޓިކް އޮފިސަރުންނާއި އެސިސްޓެންޓް މާސްޓަރ ޓްރޭނަރުންނާއި ގްރެފިކްސް ޑިޒައިނަރުންނާއި ޓެކް އޮފިސަރުންނާއި ފޮޓޯގްރާފަރުންނާއި އޮފީސް އެސިސްޓެންޓްގެ މަޤާމަށް މީހުން ހޯދަންވެސް އިއުލާން ކޮށްފައި ވެއެވެ.
ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދެ އިންތިޚާބު ކަމަށްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު އަންނަ އަހަރު ކުރީކޮޅު ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަަށް މީގެ ކުރިން އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު