އިބްރާހިމް ފަހީމް   21 އޯގަސްޓު 2025 - 21:33
މުހައްމަދު ޝިޔާޒު (މޯހަން)
މުހައްމަދު ޝިޔާޒު (މޯހަން)
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ހަމަޖައްސައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ ގައުމީ ޓީމާ ހަވާލުވެފައިވަނީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ. އޭނާއަކީ މީގެ ކުރިން ގައުމީ ޓީމްގެ އެސިސްޓެންޓް ކޯޗުކަމުގެ މަގާމު ވެސް އަދާކުރައްވާފައިވާ ފަރާތެކެވެ. އޭއެފްސީ ޕްރޯ ލައިސަންސް ހާސިލުކޮށްފައިވާ މޯހަންގެ ކޯޗުކަމުގެ ދަށުން އެންމެ ފުރަތަމަ ގައުމީ ޓީމް މެޗަކަށް ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ.

ދިވެހި ގައުމީ ޓީމް އެންމެ ފޯރީގައި ކުޅެ ކާމިޔާބުކުރި ސާފް ޗެމްޕިއަންޝިޕް 2008 ގައި ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި ހުރީ މޯހަންއެވެ. މޯހަންއަކީ ކުލަބްތަކުގައި ވެސް މުހިންމު މަސައްކަތްތަކެއްކޮށް ގިނަ މުބާރާތްތަކެއް އޭނާގެ ހެޑްކޯޗްގެ ދަށުން ކާމިޔާބު ކޮށްފައިވާ މީހެކެވެ.

ނަމަވެސް މީގެކުރިން ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި މޯހަން މަސައްކަތްކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު