ރާއްޖޭގެ މީޑިޔާތައް ކޮންޓްރޯލްކޮށް ރެގިއުލޭޓް ކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ މިނިވަންކަމަށް ހުރަސްއެޅުން ކަމަށާއި އެ ފުރުސަތެއް ނުދެއްވާނެ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ.މުޙައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.
ޕީއެންއެފް އިން އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާގައި ކުރީގެ ނާއިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ، ސަރުކާރުން މީޑިޔާތަކަށް ކުރަން އުޅޭ އެއްވެސް ކަމަކަށް ހިލާ ފުރުސަތެއް ނުދޭނެ ކަމަށާއި، މިނިވަންކަން ދިފާއުކުރާނެ ކަމަށެވެ. ޑރ. ޖަމީލް ވިދާޅުވީ، ޕީއެންއެފް ވެރިކަމެއްގައި މީޑީއާ އޮންނާނީ އެއްވެސް އިރެއްގައި ނުބެހި މިނިވަން ގޮތެއްގައި ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވީ ރައީސް މުޢިއްޒަށް އަވަހާރަފުޅު ނުލެއްޕެވިގެން އުޅުއްވަނީ ދިވެހިރާއްޖޭގެ ރައްޔިތުން މިނިވަން ގޮތެއްގައި ޚަބަރުތައް ފަތުރާތީ، ނޫސްވެރިން ވާހަކަތައް ލިޔެ ޝާއިއުކުރާތީ، އަދި މިނިވަން މީޑިއާއިން ޚަބަރު ގެނެސްދޭތީ ކަމަށެވެ. އަދި އެއީ ވެރިއަކަށް ހުންނަ މީހާގެ އަތްޕުޅުގައި އޮންނަ ކަމެއް ނޫން ކަމަށާއި، އެއީ ދިވެހިރާއްޖޭގެ ރައްޔިތުން ޤާނޫނުއަސާސީގައި ގެނައި ކަމެއް ކަމަށް ވެސް ޖަމީލް ފާހަގަކުރެއްވިއެވެ.
"ޤާނޫނުއަސާސީގައި ތިޔަބޭފުޅުން ގެނައި ކަންތައްތަކެއް އެއީ މި ރާއްޖޭގެ ލާމަރުކަޒީ ނިޒާމު. އަޅުގަނޑު ހިތަށްއަރާ ދަންނަ މީހެއް ޤާނޫނީ ވެރިކަމެއް ކުރަން ނޭގިގެން މިއުޅެނީ ކޮންތާކުން ކިހިނެއް ވެގެން އައި މީހެއް ކަމެއް ނޭގިގެން އަޅުގަނޑު މި އުޅެނީ." މިހާރުގެ ވެރިކަން ކުރާ ފަރާތަށް ޤާނޫނީ ވެރިކަމެއް ހިންގަން ނޭގޭ ކަމަށް ޖަމީލް ވިދާޅުވިއެވެ.
ރައީސް މުޢިއްޒަށް ފާޑުވިދާޅުވަމުން ޑރ. ޖަމީލް ވިދާޅުވީ، ރާއްޖެއަކީ ވެރިކަމަށް ވަޑައިގަންނަވާ އެއްވެސް ބޭފުޅެއްގެ ޤައުމެއް ނޫން ކަމަށާއި އެގޮތުން ރާއްޖެއަކީ ރައީސް މުޢިއްޒުގެ ތަނެއް ނޫން ކަމަށެވެ. އަދި ބޭނުންހާ އެއްޗެއް ޤައުމަށް ހަދާތަން ބަލަން ނުހުންނަވާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު