މި ސަރުކާރަށް ދެއަހަރު ދުވަސްވީއިރު 110 ބިލިއަން ޚަރަދުކޮށް ހުޅުވުނީ އޭޓީއެމްގަނޑެއް އެކަނި ކަމަށް ކުރީގެ ރައީސް ޔާމީން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ އިން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒަކީ ރައްޔިތުންގެ ތާއިދާއި ލޯބި ހޯއްދަވައިގެން ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް ނޫން ކަމަށެވެ. ރައްޔިތުންގެ ލޯތްބާއި ތާއީދު ރައީސް މުއިއްޒަށް ނުލިބުމުން އަމާޒު ހިފާފައި ހުރި ކޮންމެ ފަދަ ކަމެއް ކޮށްގެން ވެރިކަމުގައި ދެމިހުންނަން ކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމިން ވިދާޅުވީ މީގެ ކުރިން އެއްވެސް ރައީސަކު ގަސްތުގައި ޤާނޫނުއަސާސީގެ ބާރު ކަނޑުވާލަން މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު ޤާނޫނޫއަސާސީގެ ބާރު ކަނޑުވާލާފައިވާ ކަމަށް ޔާމިން ތުހުމަތުކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރަށް ދެ އަހަރު ދުވަސް ވާން ގާތްވެފައިވާއިރު ލައްކަ ގިނަ ކަންކަން ކުރައްވާނެ ކަމަށް އުއްމީދު ކުރި ކަަމަށެވެ. ނަމަވެސް ސަރުކާރަށް ވައުދުވި އެއްވެސް ކަމެއް މިހާތަނަށް ކުރެވިފައި ނުވާ ކަަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި 110 ބިލިއަން ރުފިޔާ ބޭނުންގޮތަކަށް ޚަރަދުކުރަން ސަރުކާރަށް ލިބުނު ކަމަށެވެ. އެހެން ނަމަވެސް ރަށްރަށުގައި ދެ އަހަރު ތެރޭގައި ހުޅުވުނީ އޭޓީއެމްގަނޑެއް އެކަނި ކަމަށް ޔާމީން ވިދާޅުވިއެވެ.
"ކޮން ކަމެއް ފުދުނީ،؟ ނުފުދޭ އެއްކަމެއް ވެސް، ހުޅުވައިދިނީ އޭޓީއެމް މެޝިނޭ، ކޮބައިހޭ؟ ޕީއެސްޕީއައި ބޮޑެތި މަޝްރޫއުތައް ކޮބައިހޭ؟ ހަތަރު ފައްސަތޭކަ މިލިއަން ރުފިޔާގެ ބޮޑެތި މަޝްރޫއު ކޮބައިހޭ؟ ބްރިޖް، ކޮބައިހޭ ދެން ވެސް ހުރިކަމެއް،" ރައީސް ޔާމީން ސުވާލު ކުރެއްވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން މިހާ ބިކަ ހާލުގައި، ސަލާންޖަހައިގެން، ބިކާރީންނާ އެއްފަދައިން އުޅެން ޖެހިފައި މިވަނީ، ގަސްތުގައި ރައްޔިތުންގެ ވަރާއި ހިތްވަރު ބިންދާލަން ކުރާ ކަމެއްގެ ސަބަބުން ކަމަށެވެ.
"ނޫން އަނިޔާވެރިވަނީ ރައްޔިތުން މިހާ ބިކަހާލުގައި. މިހާރު ރާއްޖޭގައި ބިކާރިންތަކެއްގެ ގޮތަށް މި އުޅެންޖެހެނީ ސަލާންޖަހައިގެން. މިއީ ނޫން ދިވެހިރާއްޖެއަށް ޙައްޤު މިންވަރަކީ،" ޔާމީން ވިދާޅުވިއެވެ.
މި ސަރުކާރުން ހުރިހާ ދާއިރާއަކުން ވެސް ފަހަތަށް ސޮއްސާލާފައިވާ ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ. އެގޮތުން 2018 ވަނަ އަހަރު ނިމުނުއިރު ދިވެހިރާއްޖެއަކީ މި ސަރަޙައްދުގައި ޖީޑީޕީ ޕަރ ކެޕިޓާގެ ގޮތުން އެންމެ މަތީގައި، އެހެން ޤައުމުތަކާ އަޅާ ބަލާއިރު ތިން ގުނަ މަތީގައި އޮތް ޤައުމެއް ކަމަށް ޔާމިން ވިދާޅުވިއެވެ. އެއިރު ބޮލަކަށް 11،000-12،000 ޑޮލަރު ޖީޑީޕީ އޮތްކަން ޔާމީން ފާހަގަކުރެއްވިއެވެ.
"މިއީ ކީއްތޯ ކުރީ؟ ފަހަތަށް ސޯސާލީ ކިތައް ފިޔަވަޅުތޯ؟ އަޅުގަނޑުމެން ވެރިން ގެންނަނީ އެއް ވެރިކަމަށްވުރެ ރަނގަޅު ވެރިކަމެއް ދެން މިންވަރުކުރައްވާތީ. ހަމަ ގައިމުވެސް ނުކުމެ ވާހަކަ ދައްކާއިރު އެކަންކަން ކުރަނީ ދެއްތޯ. އެކަމަކު އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ ފަހަތަށް ސޮއްސާލާފައި ހުރިހާ ދާއިރާއަކުން. ހަމައެކަނި އިޤްތިޞާދީ އިޖްތިމާޢީ އިދާރާތަކެއް ނޫނޭ." ޔާމިން ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ މިދަނީ އަޅުވެތިކަމާ ދިމާލަށް ދަތުރުކުރަމުން ކަމަށާއި، ރައްޔިތުންނަށް މިނިވަންކަން ގެއްލިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު މި ސަރުކާރަށް ނެތުމުގެ އިތުރުން، މި ޤައުމު ސަލާމަތް ކުރެވޭނެ ކަމަށް ރައްޔިތުންގެ އިތުބާރު ވެސް ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ.
"މީހާ ފަޤީރަކަށް ހަދައި، މީހާ ނިކަމެތި ކުރީމަ އޭނަގެ ނުހުންނާނެ ހިތްވަރެއް. އެ ބިންދާލެވޭނީ އޭނަގެ މައިބަދަ. ކޮންމެ މީހަކު ނުކުންނަންޖެހެނީ އަންހެނުންނާއި ދަރިންނަށް ބަނޑުފުރާނަ މުއްތިކުރާނެ ގޮތެއް ހޯދައިދޭން. އޭނަގެ ނޯންނާނެ ހިތްވަރުވެސް ސިޔާސީ ވާހަކަ ދައްކައި، އޭނަގެ ހިތްވަރެއް ނޯންނާނެ ސިޔާސީ ހަރަކާތަކަށް އަންނާކަށް،" ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ޔާމިން ވިދާޅުވީ ރައްޔިތުންގެ ވަރަ ބިންދާލުމުން މަގުމައްޗަށް ނުކުމެ ސިފައިންނާއި ފުލުހުންނާ ދެކޮޅަށް ހަނގާ ކުރާކަށް ވެސް ހިތްވަރެއް ނުހުންނާނެ ކަމަށެވެ. ރައްޔިތުންގެ ހިތްވަރު ބިންދާލަނީ ގަސްތުގައި ރާވައިގެން ކުރާ ކަމެއް ކަމަށް ޔާމީން ތަކުރާރުކޮށް ވިދާޅުވިއެވެ. މިކަމަށް ރައްޔިތުން ހޭލަންޖެހޭ ކަމަށާއި، މި ޙާލަތުން އަރައިގަތުމަށް ރައްޔިތުން މަސައްކަތް ކުރަންޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު