ސަރުކާރުން މަސައްކަތް ކުރަނީ ކައުންސިލްތަކުގެ ބާރު ކަނޑުވާލައި ކައުންސިލްތައް ފުނޑާލަން ކަމަށް ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެެވެ.
ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއި ގުޅިގެން ޕީއެންއެފުން ދޭ ބޭއްވި "ވޭކް އަޕް" ޖަލްސާގައި، ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވީ މިހާރުގެ ސަރުކާރުން އުޅެނީ ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ފުނޑާލަން ކަމަށާއި، މަރުކަޒީ ސަރުކާރަކަށް ހުރިހާ ކަމެއް ނުކުރެވޭނެ ކަމަށެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ހުރިހާ ބާރެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަަމަށާއި ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާގައި އޮންނަނީ ރައްޔިތުންގެ ބާރު ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ކައުންސިލަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވުރެ ގިނަ ވޯޓުދޭ ބައެއްކަމަށާއި ކައުންސިލަރުންނަކީ ރައްޔިތުންގެ އަޑު އިއްވައިގެން ތިބި ބައެއް ކަމަށެވެ. އެހެންކަމުން، ކައުންސިލްތައް ހަނާކޮށްލައި، ފުނޑާލައި، އެބާރުތައް ކަނޑުވާލުމަކީ ބާރުތައް ބަހާލުމާއި (ޕަވަރ ޑިވޯކުރުމާއި) ގާނޫނު އަސާސީ އާއި ހިލާފު ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މަރުކަޒީ ސަރުކާރަކަށް ހުރިހާ މަސައްކަތެއް ރަށްރަށުގައި ނުކުރެވޭނެ ކަން ފާހަގަކުރައްވަމުން، ރައީސް ޔާމިން ވިދާޅުވީ ރަށްރަށުގައި ވެސް ތޫނުފިލި މީހުން ތިބި ކަމަށާއި، އެމީހުންގެ މަސައްކަތް އެމީހުން ނިންމާނެ ކަމަށެވެ.
"އެމީހުންނަށް ކީއްވެގެންތޯ އެތަނުގައި ނުނިންމޭނީ؟ އެތަނުގައި ސަހަރާ އަޅަން މިތަން ނިންމަން ޖެހޭނީ އާދަމް ޝަރީފް މިނިސްޓްރީގައި މާލޭގައި އިނދެގެންތޯ؟ ކީއްވެގެންތޯ މި އަރބަން ޕްލޭނިންގ ނުހެދިގެން އެއްވެސް ކަމެއް ނުކުރެވެނީ؟" ރައީސް ޔާމީން ސުވާލުކުރެއްވިއެވެ.
މީގެ އިތުރުން ރަށް ރަށުގެ ބިމުގެ ކަންތައްތައް ނިންމުމުގެ ބާރު ރަށު ކައުންސިލްތަކަށް ދިނުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ޔާމިން ވިދާޅުވީ އެ ރަށެއްގެ ބިމުގެ ކަންތައް ނިންމާނީ އެރަށުގެ ރައްޔިތުން ކަމަށާއި، އެއީ މާލޭގައި ވެރިކަން ކުރާ މަރުކަޒީ އިދާރާގެ ތަނެއް ނޫން ކަމަށެވެ.
"އެހެންވީމާ ކައުންސިލުތަކުގެ ބާރުކުޑަކުރީ ކީހިނެއްތޯ؟ މި ހުރިހާ އެއްޗެއް މުށައްލައިގެން މިކަން ކުރަނީ؟ އެކަމަކަށް ރައްޔިތުންގެ ކެތްތެރިއެއް ނުވާނެ. ތަބީއީ ގޮތުންވެސް އިންސާނުންނަކީ އަޅުވެތިކަމާއި އަނިޔާވެރިކަމާއި މިކަންކަން ތަޙައްމަލު ކުރަން ބޭނުންވާ ބައެއް ނޫނޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.
އަދި މިކަން މިހާރުގެ ވެރިންނަށް ނޭނގެނީތޯ ޔާމިން ސުވާލު ކުރެއްވިއެވެ. އަދި ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާއެއްކަން އެނގުން މުހިންމު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމިން މިހެން ވިދާޅުވެފައިވާއިރު ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް، ލާމަރުކަޒީ ގާނޫނު ސަރުކާރުން ވަނީ އިސްލާހުކޮށްފައެވެ. ދާދިފަހުން ރައީސް މުޢިއްޒު ވަނީ އަންނަ ލޯކަލް ކައުންސިލް އިންތިހާބުން ފެށިގެން އަތޮޅު ކައުންސިލްތައް އުވާލަން ނިންމާފައިވާކަން އިއުލާންކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު