ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓުތަކުގެ އެއްބަސްވުމުގައި މިހާތަނަށް 1800 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.
އެ ކޯޕަރޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ތާވަލު ކުރެވުނު އެއްބަސްވުންތަކުގެ ޢަދަދަކީ 2،774 އެވެ. އޭގެ ތެރެއިން، މިހާތަނަށް ސޮއިކުރެވުނު އެއްބަސްވުންތަކުގެ ޢަދަދު 1،826 އަށް އަރާކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.
އެފްޑީސީއިން ބުނީ ފްލެޓް ލިބުނު މީހުންނާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށް ކުރަން ޖެހޭ އެންމެހާ މުޢާމަލާތްތައް ކުރިއަށް ގެންދާނީ އެ ކޯޕަރޭޝަނުން ކަމަށެވެ.
އެގޮތުން މިހާރުވެސް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރު ކުރުމަކީ އެ ކޯޕަރޭޝަނުގެ އަމާޒެއް ކަމަށް އެފްޑީސީން ވަނީ ބުނެފައެވެ.
މިއީ އިޖްތިމާޢީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހާސިލުކުރެވުނު މުހިންމު އެއް ލަނޑުދަނޑި ކަމުގައި އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާއިރު ބޭނުންވާ ލިޔެކިޔުންތަކަށް ސަމާލުވުމަށް އެފްޑީސީން ވަނީ ތަކުރާރުކޮށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު