ނިޔާވި ލުޖައިނާ..
ނިޔާވި ލުޖައިނާ..
ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދެވި މުވައްޒަފެއް ޖަޕާނުގައި ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ބ. ތުޅާދޫ، ކާނިމާގެ، ލުޖައިނާ ތަސްނީމާ، 29، އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ޖަޕާނަށް ދިޔައީ މާސްޓަރސް ފުރިހަމަ ކުރުމަށެވެ. އަދި ނިޔާވީ ކޯސް ނިންމުމަށްފަހު ރާއްޖެ އައުމުގެ ކުރިން ގްރެޖުއޭޝަން ހަފްލާގައި ބައިވެރިވުމަށް ޖަޕާނުގައި މަޑުކޮށްގެން ހުއްޓާކަމަށް މައުލޫމާތުލިބެއެވެ.

އެނގިފައިވާ ގޮތުގައި އޭނާ ނިޔާވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރީގައެވެ. އޭރު އާއިލާއިން އޭނާގެ ހަބަރެއް ނުވެގެން އުޅޭތާ ދެ ދުވަސް ވެއްޖެއެވެ.

އޭނާ ނިޔާވި ގޮތެއް އަދި ސާފެއް ނުވެއެވެ. އާއިލާއިން މިހާރު ގެންދަނީ އޭނާގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު