ދިވެހި ޒުވާނުން ކަމަރުބަނދެ، އާ ހިތްވަރަކާއި ފޯރިއަކާއެކު ދެމެހެއްޓެނިވި އަދި ފުދުންތެރި އިޤްތިޞާދެއް ބިނާކުރުމަށްމަސައްކަތް ކުރުމަށް އެމް.ޑީ.އޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ގޮވާލައްވައިފިއެވެ.
ޝިޔާމް މިކަމަށް ގޮވާލެއްވީ ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި، ދެއްވި ޚިތާބެއްގައެވެ. ޝިޔާމްގެ ޚިތާބުގައި ޤައުމީ ވާޖިބެއްގެ ގޮތުގައި މި މަތިވެރި މަޤްޞަދު ޙާޞިލުކުރުމަށް ކޮންމެ ދިވެއްސަކުވެސް އެއްބައިވަންތަވެ މަސައްކަތްކުރުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ. ޤައުމީ ދުވަހުގެ މުނާސަބަތުގައި، ލޮބުވެތި ދިވެހި ރައްޔިތުންނަށާއި، އެމް.ޑީ.އޭ ޕާޓީގެ މެންބަރުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވަމުން ސިޔާމް ވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމަށްޓަކައި މަސައްކަތް ކުރެއްވި ހުރިހާ އަބްޠާލުންގެ ފުރާނަފުޅުތަކަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރައްވާފައެވެ. ޚާއްސަކޮށް، އައްސުލްތާން ޣާޒީ މުޙައްމަދު ތަކުރުފާނުލް ޢައުޒަމް (ބޮޑުތަކުރުފާނު) އާއި އެ މަނިކުފާނުގެ ބައިވެރިން، ޕޯޗުގީޒުންގެ އަނިޔާވެރި ވެރިކަމުގެ ދަށުން 15 އަހަރާއި 6 މަސް ދުވަހު ހޭދަކުރުމަށްފަހު، ދިވެހިންނަށް މިނިވަންކަން ހޯއްދަވައިދެއްވައި، ނިކަމެތި ޙާލަތަކުން ސަލާމަތް ކުރެއްވުމަށް ކުރެއްވި ލާމަސީލު މަސައްކަތްޕުޅު ފާހަގަކުރައްވައި، މިއަދު ދިވެހި ރައްޔިތުން އެކަމުން ޢިބުރަތް ޙާޞިލްކުރަންޖެހޭ ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. ބޮޑުތަކުރުފާނު އައްދައުލަތުލް މަޙްދީއްޔާގެ ނަމުގައި ދައުލަތެއް އުފައްދަވައި، ހަމަޖެހުމާއި ތަރައްޤީ ގެނެސްދެއްވައި، އިސްލާމީ ވަޙްދަތު ޤާއިމުކުރައްވައި، ވަރުގަދަ އިޤްތިޞާދެއް ބިނާކުރެއްވުމަށް ކުރެއްވި މަސައްކަތަކީ، އެދުވަހު އެކަން ނުކުރެއްވުނުނަމަ މިއަދު މި ލޮބުވެތި ވަތަން އޮންނާނެ ގޮތް ތަޞައްވުރުކޮށްލުމަށްވެސް ދަތިކަމެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.
އަދި މިފަދަ ފަޚުރުވެރި ދުވަހެއް ފާހަގަކުރަމުންދާއިރު، ރާއްޖޭގައި ދިރާލާ ރޭވިގެން ހިންގަމުންދާ ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލުތައް އެއްވެސް ޖެހިލުމެއްނެތި ކުރުމަކީ އާދައިގެ ކަމަކަށް ވެފައިވާކަން ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މިފަދަ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް އުފައްދާފައިވާ ދައުލަތުގެ އިދާރާތަކުން އެކަށީގެންވާ ސަމާލުކަމެއް ނުދޭކަން ހިތާމަޔާއެކު ފާހަގަކުރައްވައި، ނުފޫޒާއި ބާރު ހުރި ފަރާތްތަކުން ހިންގާ ވައްކަމާއި ކޮރަޕްޝަންގެ ޢަމަލުތަކަށް އެކަށީގެންވާ ފިޔަވަޅެއް އެޅެމުން ނުދާތީ ޝިޔާމް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ސިޔާމް ވިދާޅުވި ގޮތުގައި، މިއީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ޤައުމިއްޔަތަށް އޭގެ ނުރައްކާ އިންތިހާއަށް ބޮޑު ކަންކަމެވެ. މިފަދަ ޢަމަލުތައް ހުއްޓުވުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކުން ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ޝިޔާމް އިލްތިމާސްކުރެއްވިއެވެ.
ސިޔާމްގެ ޚިތާބުގައި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށާއި، ދެމެހެއްޓެނިވި އަދި ފުދުންތެރި އިޤްތިޞާދެއް ޤާއިމުކުރުމަށްޓަކައި، މި ޤައުމުގެ އެންމެހައި ޒުވާނުން ކަމަރުބަނދެ، އާ ހިތްވަރަކާއި ފޯރިއަކާއެކު، ދެމެހެއްޓެނިވި ޢަޒުމެއްގައި ހިތްވަރާއެކު މަސައްކަތްކުރުމަށް ވަނީ ގޮވާލައްވާފައެވެ. މިއީ ދިވެހިންގެ ޤައުމީ ވާޖިބެއްކަމުގައި ދެކި، ކޮންމެ ދިވެއްސަކުވެސް މި މަތިވެރި މަޤްޞަދު ޙާޞިލުކުރުމަށް އެއްބައިވަންތަވުމަކީ މުހިންމު ކަމެއް ކަމަށް ސިޔާމް ފާހަގަކުރެއްވިއެވެ.
މި ޚިތާބު ނިންމަވާލައްވަމުން ސިޔާމް ވަނީ، މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ދިވެހިންނަށް ދާއިމީ އުފާފާގަތިކަން މިންވަރުކުރައްވައި، ދިވެހިރާއްޖެއަކީ އަބަދުވެސް މިނިވަން ޤައުމެއްގެ ގޮތުގައި ދެމެހެއްޓެވުން އެދި ދުޢާކުރައްވާފައެވެ. އަދި ދިވެހި އެންމެންނަކީ ހެޔޮބަސް އަޑުއަހައި އެއަށް ތަބާވާ ބަޔަކު ކަމުގައި ލެއްވުން އެދި މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު