ކޮންމެ ރައްޔިތަކީ އަމިއްލަ އީ-ވޮލެޓެއް އޮތް، ގައުމުގެ އިގްތިސާދުން ހިއްސާއެއް ލިބޭ ތަނަވަސް ދިވެހި ރައްޔިތަކަށް ހަދަންޖެހޭ ކަަމަށް ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބު ވިދާޅުވެއްޖެއެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބު ވިދާޅުވީ މި ގައުމުގެ އެންމެ މުހިންމު ވާޖިބަކީ ދިވެހީން ބަނޑުފުރާނަ މުއްތިކޮށް، ދަރަނިން ސަލާމަތްކޮށްދީ ބޯހިޔާވަހިކަން ލިބި، ހަމަޖެހޭ ދިރިއުޅުމެއްގައި އުޅެވޭ ބަޔަކަށް ދިވެހީން ހަދައިދިނުން ކަަމަށެވެ. އަދި ކޮންމެ ރައްޔިތަކީ އަމިއްލަ އީ-ވޮލެޓެއް އޮތް، ގައުމުގެ އިގްތިސާދުން ހިއްސާއެއް ލިބޭ ތަނަވަސް ދިވެހި ރައްޔިތަކަށް ހަދަންޖެހޭ ކަމަށް އަދީބު ވިދާޅުވިއެވެ.
އަދީބު ވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ ޔާމިން އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނުސީދާކޮށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"ކާބަފައިން ކަންކުރީ އަމަލުން. އިސްލާހީ މަސައްކަތޭ، މަތިގެޔާ ތިރީގެޔޭ ކިޔާ ފޮނިކަނޑާ ފޮނިވާހަކަތަކާ ޕޯޑިއަމްގައި ހަޅޭއްލަވާ، ޅެންހަދާ އިނާމުދީ ހަފްލާތައް ބާއްވައިގެނެއް ނޫން. ބޮޑުތަކުރުފާނު މިގައުމު ސަލާމަތްކުރެއްވީ އަމަލުން، ބޭރުގެ އެހީ އާއި އަދި ދިވެހި ރައްޔިތުންގެ ލޯތްބާއި އެކުގައި." އަދީބުގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
އަދީބަކީ ރާއްޖޭގެ ތާރިޚުގައި ހިންގި އެންމެ ބޮޑު ޚިޔާނަތް ކަމަށް ބެލެވޭ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެ 20 އަހަރުގެ ޖަލު ޙުކުމެއް ވެސް އިއްވާފައިވާ ބޭފުޅެކެވެ. އަދީބު މިނިވަންކުރީ ކުރީގެ ރައީސް ސާލިޙްގެ ވެރިކަމުގައި އެ ޙުކުމް އެމަނިކުފާނު މަޢާފް ކޮށްދެއްވުމުންނެވެ. މީގެ އިތުރުން، އެމައްސަލައިގައި ކޯޓުން 2 މިލިއަން ދިވެހި ރުފިޔާގެ ޖޫރިމަނާއެއް ދައްކަން އަދީބަށް އަންގާފައިވާއިރު އޭގެ ތެރެއިން 1 މިލިއަން ރުފިޔާ މިހާތަނަށް ދައުލަތަށް އޭނާ ވަނީ ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު