ރައްޔިތުންގެ ޚިޔާލާއި ވިސްނުމުގައި ކަސްތޮޅު އަޅުވަން އުޅޭ ކޮންމެ މީހަކު ވެއްޓޭނީ އަނގަވަތަށް ކަމަށް ކުރީގެ ނާއިބް ރައީސް ޑރ .މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ ހިތަށް އައި އެއްޗެއް ބުނެ ލިޔުމަކީ މިނިވަންކަން ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވުމާއި ގުޅިގެންނެެވެ. ކުރީގެ ނާއިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޚިޔާލާއި ވިސްނުމުގައި ކަސްތޮޅު އަޅުވަން އުޅޭ ކޮންމެ މީހަކު ވެއްޓޭނީ އަނގަވަތަށް ކަމަށެވެ.
ޑރ. ޖަމީލްގެ ޕޯސްޓްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މީޑިއާގެ މިނިވަންކަމުގެ އަސާސަކީ ޙައްގު ބަސް ބުނުމުގެ މަތިވެރި ނަބަވީ އިރުޝާދެވެ. އަދި ވެރިންކުރާ ވިޔާނުދާ ކަންތަކާ، ވައްކަމާ ޚިޔާނާތާ ދެކޮޅަށް އަޑު އުފުލުމަކީ އިސްލާމްދީނުގައި ޖިހާދު ކުރުންފަދަ މަތިވެރި ޢަމަލެއް ކަމަށް ވެސް ޑރ. ޖަމީލް ސިފަކުރެއްވިއެވެ. މިގޮތުން، ރައްޔިތުންނަށް ޙައްގު މަޢުލޫމާތު ފޯރުކޮށްދީ، އަނިޔާވެރިކަމާ ބޭއިންސާފާ ދެކޮޅަށް އަޑުއުފުލުމުގެ މުހިންމުކަން އިސްލާމީ އަސާސްތަކާ ގުޅުވައިގެން ޑރ. ޖަމީލް ހާމަކުރެއްވިއެވެ.
މީގެ އިތުރުން ޑރ. ޖަމީލް ވިދާޅުވީ ދުނިޔެދަނީ އެއްދުވަހުން އަނެެއް ދުވަހަށް ކުރިޔަށް ކަމަށާއި، ދިވެހިންވެސް އުނގެނި ހޭލުންތެރިވާން ފަށައިފި ކަމަށެވެ. އެހެން ކަމުން، ދިވެހި ރައްޔިތުންގެ ޚިޔާލާ ވިސްނުމުގައި ކަސްތޮޅު އަޅުވަން އުޅޭ ކޮންމެ މީހަކު ވެއްޓޭނީ އަނގަވަތަށް ކަމަށް ޖަމީލް ވިދާޅުވިއެެވެ. ރައްޔިތުންގެ މިނިވަންކަމާއި ހެޔޮ ބަސް ބުނުމުގެ ޙައްގަށް ހުރަސްއެޅުމަކީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށް ޑރ. ޖަމީލްގެ ޕޯސްޓްގައި ވަނީ ބަޔާންކުރައްވާފައެވެ.
މީޑިޔާގެ ކޮންޓްރޯލް ސަރުކާރަށް ލިބޭގޮތަށް މީޑިޔާތައް އުވާލައި ހަރުކަށި ފިޔަވަޅު އެޅޭގޮތަށް މަޖިލީހަށް ބިލެއް ހުށައަޅާފައިވަނިކޮށް ޤައުމީ ދުވަހާއި ގުޅިގެން އުތީމުގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް މުޢިއްޒު މީޑިޔާ ތަކަށް ނުސީދާ ކޮށް ވަރަށް ބޮޑަށް ވަނީ ފާޑުވިދާޅުވެފައެވެ.
ޤައުމީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ހިތަށް އަންނަ ކޮންމެ އެއްޗެއް ބުނެލުމަކީ އެއްވެސް މީހެއްގެ ހައްގެއް ނޫން ކަމަށެވެ. އެ ގޮތުން، އެއްވެސް މީހަކު ކުރާ ކަމެއްގެ ސަބަބުން ނުވަތަ ބުނާ ބަހެއްގެ ސަބަބުން އަނެކާގެ މިނިވަންކަމާއި އަބުރާއި އިއްޒަތަށް އަރައިގަނެވޭ ނަމަ އެއީ ހައްގުތަކުގެ އިމުން ބޭރުވުން ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު