އަނގައިގެ ބަލިތަކަށް ހާއްސަ ޑރ. މަރިއަމް މެތިއު ރާއްޖެ ވަޑައިގެން ކެއަރ ވަން ކްލިނިކުގައި ބަލިމީހުން ބައްލަވަން ހަމަޖެހިފައިވާކަމަށް އެކްލިނިކުން ބުނެފިއެވެ.

ޑރ. މަރިއަމް މެތިއު އަކީ އަނގައިގެ ބަލިތަކަށް ހާއްސަ އޯރަލް މެޑިސިން އެންޑް ރޭޑިއޮލޮޖީ ދާއިރާއިން ތައުލީމީ ގޮތުންނާއި ކްލިނިކަލް ދާއިރާއިން ފާހަގަކޮށްލެވޭ ތަޖުރިބާކާރެކެވެ.

ޑރ. މަރިއަމް މެތިއު އަކީ އިންޑިއާގެ ކިމްސް ހެލްތު ހޮސްޕިޓަލުން އަނގައިގެ ބަލިތަކަށް ބަލިމީހުން ބައްލަވާ އަދި ފަރުވާ ދެއްވުމުގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތެކެެވެ. އެގޮތުން އަނގައިގެ ކެންސަރު ބަލީގެ އަލާމާތްތައް އަވަހަށް ދެނެގަތުމުން ފެށިގެން، އަނގައިގެ އެކި ބަލިތަކާއި، އެބަލިތަކުގެ ސަބަބުން މޫނު އަދި ބޮލުގައި ރިހުން ފަދަ ކަންކަމުގައިވެސް ބަލިމީހާ އަށް އެންމެ އެކަށޭނެ ފަރުވާ ފޯރުކޮށްދިނުމަށް ޑރ. މަރިއަމް ސަމާލުކަން ބަހައްޓަވާ ކަމީ ފާހަގަކޮށްލެވޭ ކަމެކެވެ.

ޑރ. މަރިއަމް މެތިއު ރާއްޖެ ވަޑައިގެން ކެއަރ ވަން ކްލިނިކުގައި ބަލިމީހުން ބައްލަވަން ހަމަޖެހިފައިވަނީ މިހިނގާ އޮގަސްޓް މަހުގެ 25 ން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

އަނގައިގެ ބަލިތަކަށް ހާއްސަ ޑރ. މަރިއަމް އަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކުން ކެއަރ ވަން ކްލިނިކުގެ ފޯނު ނަމްބަރު 9233335 އަދި 9333336 މެދުވެރިކޮށް އެޕޮއިންޓްމަންޓް ހައްދައި އިތުރު މަޢުލޫމާތު ސާފުކޮށްލެވޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު