ރައްޔިތުންގެ ތުހުމަތުތަކަށް މި ސަރުކާރުގެ ވެރިންނަށް ޖަވާބުދާރީވެ، އެ ތުހުމަތުތަކުން ބަރީއަ ނުވެވޭ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމިން މިހެން ވިދާޅުވީ، ޕީއެންއެފް އިން ރޭ ބޭއްވި "ޖަގަހަ ޖަލްސާ" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ، ގައުމުގެ ކަންކަން ގޯހުން ގޯހަށް ދާނަމަ، ރައްޔިތުން އެ ވާހަކަ ދައްކަން ފަށާނެ ކަމަށާއި، އެކުރާ ތުހުމަތުތަކުން ވެރިންނަށް ބަރީއަވެސް ވާންޖެހޭނެ ކަމަށެވެ. ނަމަވެސް، މިހާރުގެ ހާލަތަކީ ސަރުކާރުގެ ވެރިންނަށް ރައްޔިތުންގެ ތުހުމަތުތަކަށް ޖަވާބުދާރީވެ، އެއިން ބަރީއަ ނުވެވޭ ހާލަތެއް ކަމަށް ޔާމިން ވިދާޅުވިއެވެ.
ހިތަށް އައި އެއްޗެއް ބުނެ ލިޔުމަކީ މިނިވަންކަން ނޫން ކަމަށް ވިދާޅުވެ ގައުމީ ދުވަހު ރައީސް ޑރ. މުހައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ރައީސް މުޢިއްޒު މި ވާހަކަ ވިދާޅުވާނީ އެމަނިކުފާނުގެ ހިތްޕުޅު ތެރޭގައި ވަރުގަދަ ކަންތައްތަކެއް އެނބުރޭތީ ކަމަށެވެ. އެހެންނަމަވެސް، މިފަދަ ވާހަކަތައް ދެއްކެވުމަށް ރައީސް މުޢިއްޒުއަށް މޯރަލް އޮތޯރިޓީއެއް އޮތްތޯ ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ.
ޔާމިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އައުމަކީ މުޅި މުޖުތަމަޢުގެ ހުރިހާ ކަމަކާ ބެހި ފަހު ބަސް ބުނުމުގެ ބާރު ލިބޭ ކަމެއް ނޫން ކަމަށާއި އެއީ އޮޅިވަޑައިގަތުމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ޑިމޮކްރެޓިކް ހަމަތަކެއް ހުންނާނެ ކަމަށާއި، ވެރިކަން ހިންގަން ތިބޭ ބަޔަކު، ޚާއްސަކޮށް، ޢާންމު މަޤާމުތައް ފުރުއްވާ ބޭފުޅުންނަށް ރައްޔިތުންގެ ފަރާތުން އަންނަ ތުހުމަތުތަކަށް ކެތްތެރިވާން ޖެހޭނެ ކަމަށެވެ.
"އަމުދުން ވެރިކަން ހިންގަން ތިބޭ ބަޔަކު، އެމީހުންގެ ހަން ބޯވާން ވާނެ. އެމީހުންނާ ދިމާއަށް ޕަބްލިކު އޮފީސް ހޯލްޑުކުރާ ހިނދަކު އެމީހުންނާ ދިމާއަށް ރައްޔިތުންގެ ތުހުމަތުތައް އަންނާނެ." ތުހުމަތު ތަކުން ވެރިން އަމިއްލައަށް ދިފާޢުވާން ޖެހޭކަން ފާހަގަކުރަށްވައި ޔާމިން ވިދާޅުވިއެެވެ.
ރައީސް ޔާމީން ވަނީ ގައުމުގެ ވެރިންނަށް ފާޑު ކިޔުމަކީ ޑިމޮކްރަސީގެ ހަމައެއް ކަމަށް ވެސް ފާހަގަކުރައްވާފައެވެ. އެހެންކަމުން، ވެރިންގެ ތެރެއިން ގައުމު ހަލާކުކޮށް، ބޮޑެތި ވައްކަމާއި ކޮރަޕްޝަންގެ ޢަމަލުތައް ހިންގައި، ރައްޔިތުންގެ ޚަޒާނާއަށް ޚިޔާނާތްތެރިވާނަމަ، ރައްޔިތުން އެ ވާހަކަ އަޑުހަރުކޮށް ދައްކާނެ ކަމަށާއި، އެކަން ނުވެސް ހުއްޓުވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު