މިހާތަނަށް އެއްވެސް ނަތީޖާއެއް ނުނެރެވި މުޅިން ފެއިލްވެފައިވާ ސަރުކާރުގެ ކުންފުނި،، އެމްޓީޑީސީއަށް މާލީ އެހީ ދީގެން ހދ ގައި ޓޫރިޒަމް ތަރައްގީ ކުރާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެއަތޮޅު ރައްޔިތުންނަށް ދެއްވައިފި އެވެ.
ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނައިވާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ހދ. އަތޮޅުގައި ޓޫރިޒަމް ތަރައްޤީކުރުމަށްޓަކާ، ސަރުކާރުގެ އެހީތެރިކަމާއި އެކު އެއަތޮޅު ނާގޯށީގެ މަސައްކަތް ފެށުމަށް އެމް.ޓީ.ޑީ.ސީ އަށް މަގުފަހިކޮށްދީ، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި އައްޑު އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް އުފެއްދި އެމްޓީޑީސީ އަކީ ސަރުކާރުން ރައްތަކެއް ހަވާލުކޮށްގެން ފަތުރުވެރިކަމުގެ ވިޔަފާރިކޮށް ނަފާ ހޯދަން އުފެއްދި ކުންފުންޏެވެ. އައްޑޫ ހެރެތެރެ ތަރައްގީ ކުރީ އެ ކުންފުނިންނެވެ. ނަމަވެސް އޭގެ ފަހުން އެރަށް ވެސް ނުހިންގި އިތުރު އެއްވެސް މަސައްކަތެއް ކުންފުންޏަށް ނުކުރެވި ކުންފުނި ވަނީ ބޮޑުތަނުން ފެއިލްވެ ސިޔާސީ ކަރުދާސް ކުންފުންޏަކަށް ވެފައެވެ.
ހދ. ނާގޯށި އަކީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ރިސޯޓެއް ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށެކެވެ. މި ރަށް އެމްޓީޑީސީއާ ހަވާލުކުރީ 2006 ވަނަ އަހަރުއެވެ. އޭރު، ރިސޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ސަބްލީޒްކުރެވުނީ ރަޝިޔާގެ ކުންފުންޏަކަށެވެ. އެމްޓީޑީސީން ބުނިގޮތުގައި އެ ކުންފުނިން ވަނީ މަޝްރޫޢުގެ ބައެއް މަސައްކަތްތަކަށް ޚަރަދުކޮށްފައެވެ. ނަމަވެސް، 2012 ވަނަ އަހަރު ކުރިމަތިވި މާލީ ގޮންޖެހުންތަކާ ގުޅިގެން، އެ ކުންފުންޏަށް މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހުހުރަސްތަކެއް ކުރިމަތިވިއެވެ.
2017 ވަނަ އަހަރު، އެމްޓީޑީސީގެ ބެލުމުގެ ދަށުން ނާގޯށި ވަކިކުރެވުނެވެ. އޭގެ ފަހުން، 2021 ވަނަ އަހަރު އައު ކުއްޔަކަށް ރަށް ދޫކުރެވުނެވެ. މި ފަހަރު، ރަށް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރެވުނީ ދުބާއީގެ ގަލަދާރީ ހޯލްޑިންގްސްއާއެވެ. އެހެންނަމަވެސް، 3 އަހަރުގެ މުއްދަތެއް ފާއިތުވެގެން ދިޔައިރުވެސް، ރަށުގައި އެއްވެސް ތަރައްޤީގެ މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. މި ސަބަބަށްޓަކައި، ގަލަދާރީ ހޯލްޑިންގްސްއާއެކު ވެފައިވާ އެއްބަސްވުން ވަނީ އުވާލާފައެވެ.
އެއީ ވަރަށް ދުވަސްވެފައިވާ އަދި ޢަމަލީ މަސައްކަތް ފެށިފައިނުވާ މަސައްކަތެއްކަން ފާހަގަކުރައްވާ ރައީސް މުޢިއްޒު ވިދާޅުވީ، ފިނޭންސް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސްގެ ތެރެއިން މަގުފަހިކޮށްދެއްވައިގެން، އެމްޓީޑީސީގެ ފަރާތުން މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި މޮބިލައިޒްކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުންވެސް ހދ އަތޮޅުގައި ޓޫރިޒަމް ތަރައްޤީކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެކަމުގެ ނަތީޖާފެންނާނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އަމާޒަކީ ހދ.އަތޮޅަކީ ޓޫރިޒަމް ނެތް އަތޮޅެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، ޓޫރިޒަމް ތަރައްޤީވެފައިވާ އަތޮޅަކަށް ހެއްދެވުން ކަމަށެވެ. އެގޮތުން ހދ އަތޮޅުގެ ވަރަށް ގިނަ ފަޅުތައް މިހާރުވެސް ގިނަ ލުއިތަކާއިއެކު ޓޫރިޒަމް ތަރައްޤީކުރުމަށް ހުޅުވާލާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މިހާތަނަށް އެއްވެސް ނަތީޖާއެއް ހާސިލު ކުރެވިފައި ނުވާ އަދި ބޮޑުތަނުން ފެއިލްވެފައިވާ ސަރުކާރުގެ ކުންފުންޏަކަށް އަނެއްކާވެސް ކިތަންމެ ގިނަ ފައިސާއެއް އެޅިޔަސް ރައީސް މުޢިއްޒު ބޭނުންފުޅުވާ ނަތީޖާ ނުނެރެވޭނެކަން ޚުދު، އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު