އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ ނައިބު ރައީސްކަމަށް ދިވެހިރާއްޖެ އިންތިޚާބުކޮށްފިއެވެ.
މިއަދު ބޭއްވި އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ އިދާރީ ބައްދަލުވުމުގައި، މަޖިލީހުގެ ނައިބު ރައީސްކަމަށް އިންތިޚާބުވެވަޑައިގަތީ ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.
މި މަޤާމަށް ޑރ. ސަލްމާ ރަޝީދުގެ ނަންފުޅު ހުށަހެޅިފައިވަނީ އޭޝިއާ-ޕެސިފިކް ގްރޫޕުގެ ފުރިހަމަ އަޣުލަބިއްޔަތުން، ކައުންސިލްގެ ބިއުރޯގައި އެ ގްރޫޕަށް ނިސްބަތްވާ ޤައުމުތައް ތަމްސީލުކުރެއްވުމަށެވެ.
އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ ނައިބު ރައީސްކަމަށް ދިވެހިރާއްޖެ އިންތިޚާބުވުމާ ގުޅިގެން، ނައިބު ރައީސްގެ ހައިސިއްޔަތުން އޭޝިއާ-ޕެސިފިކް ގްރޫޕުގެ މަސްއޫލިއްޔަތުތައް އަދާކުރަމުން ގެންދާނީ ދިވެހިރާއްޖެއިންނެވެ.
މި ކާމިޔާބީއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއީ ރާއްޖެ އަށް ލިބުނު ފަޚުރުވެރި ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރަށްވާފައެވެ. ދިވެހިރާއްޖެއަކީ، ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އިންސާނީ ޙައްޤުތަކާ ގުޅުންހުރި މައްސަލަތަކަށް ވަކާލާތުކުރުމުގައި ފާހަގަކޮށްލެވޭ ރެކޯޑެއް އޮތް ޤައުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު