މިވީ ދޮޅުއަހަރަކީ ގައުމު ވަރަށް ބޮޑަށް ދަރަނިވެރިވެގެންދިޔަ ދޮޅުއަހަރުކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.
ގައުމީ ދުވަހާ ގުޅުވައި އަމްރު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގައުމިއްޔަތަކީ ހަވަޔަކުން ނިންމާލެވޭނެ ކަމެއް ނޫންކަމަށެވެ.
އޭގެ ސަބަބުތަކެއްގެ ގޮތުގައި ކަންބޮޑުވުން ހުރި ބޮޑެތި މައްސަލަތަކެއް އަމްރު ވަނީ ފާހަގަ ކުރައްވާފައެވެ.
އެގޮތުން ދޮޅު އަހަރުތެރޭ ތަކެތީގެ އަގު އިންތިހާއަށް އުފުލިއްޖެ ކަމަށާއި ވިޔަފާރިވެރިންނަކީ ދުޝްމަނުންކަމަށް ހަދައިފިކަމަށެވެ. އަދި ދައުލަތުގެ ތިޖޫރީން ވައްކަންކުރުން ހައްދުން ނައްޓައިފިކަމަށް ވިދާޅުވިއެވެ.
“ނޫސްވެރިންގެ އަނގަ ބަންދު ކޮށްފި، އިންސާފެއް ލިބޭނެ އެއްވެސް ގޮތެއް ނެތް، ވިޔަފާރިވެރިންނަކީ ދުޝްމަނުން ކަމުގަ ހަދައިފި، މަޖިލިސް މެންބަރުންނަކީ އަޅުންނަށް ހަދައިފި، މިނިވަން މުއައްސަސާތަކަކީ ރައީސް އޮފީހުގެ ޑިޕާޓްމެންޓްތަކަށް ހަދައިފި، ދައުލަތުގެ ތިޖޫރީއިން ވައްކަންކުރުން ހައްދުން ނައްޓައިފި.” އަމްރު ވިދާޅުވިއެވެ.
އަމްރު އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ މިނިސްޓްރީތަކުގައި ރިޝްވަތާއި ކޮރަޕްޝަން ވަނީ އާންމުވެފައިކަމަށެވެ. އެހެންކަމުން ގައުމީ ދުވަސްފަދަ ދުވަހެއްގެ އަޒުމަކަށް ވާންވީ މިކަންކަން ހަމަޔަކަށް އެޅުވުމަށް މަސައްކަތް ފެށުންކަމަށް އަމްރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު