މަރްޔަމް ނަހްދާ ވަޙީދު   26 އޯގަސްޓު 2025 - 9:32
ދިލް މަދްރާސީގެ ޕޯސްޓަރު
ދިލް މަދްރާސީގެ ޕޯސްޓަރު
މަޝްހޫރު ޑައިރެކްޓަރު އޭއާރް މުރުގަދޮސްގެ ކުރިއަށް އޮތް ފިލްމު "ދިލް މަދަރާސީ" ގެ ޓްރެއިލާ ދައްކާލައިފިއެވެ.

މި ފިލްމުގެ ލީޑުން ފެނިގެންދާނީ އިންޑިއާގެ ސައުތު ސިނަމާގެ ފާހަގަކޮށްލެވޭ ތަރިއެއް ކަމަށްވާ ސިވާކާތިކޭޔަން އެވެ. މިއީ އޭއާރް އާއި އެކު އޭނާ މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

މި ފިލްމުގެ ޓްރެއިލާ ނެރެފައިވާއިރު، ޓްރެއިލާއިން ދައްކައިދެނީ މިއީ އެކްޝަން، ޑްރާމާ އަދި ގިނަ ޖަޒުބާތުތަކަކުން ފުރިފައިވާނެ ފިލްމެއް ކަމެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ސިވާކާތިކޭޔަންގެ އިތުރުން ހިމެނެނީ ރުކްމިނީ ވަސަންތު، ވިދިޔުތު ޖަމްވަލް، ބިޖޫ މެނަން، ޝަބީރު، އަދި ވިކްރަންތު އެވެ.

ސްރީ ލަކްޝްމީ މޫވީސް އިން ބެކް ކޮށްގެން އުފައްދާ މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 5 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް