ހިރިމަރަދޫގައި ގޯއްޗެއް އޮތް ކޮންމެ މީހަކަށް ހަނިމާދޫން ގެއެއް ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ މިމަހު 24 އާ ހަމައަށް ހިރިމަރަދޫން ގޯތި ލިބިފައިވާ ކޮންމެ މީހަކަށްވެސް ހަނިމާދޫން ގެއެއް ލިބޭނެ ކަމަށެވެ.
އެހެންކަމުން ހައުސިން މިނިސްޓްރީން ވަނީ، ހިރިމަރަދޫން ގޯތި ލިބިފައިވާ ފަރާތްތައް އެހެން ފަރާތެއްގެ ނަމަށް އެތަން ބަދަލުކުރުމާއި ގޯތި ބައިބައިކުރުމާއި އެއްމެދު ކުރުން ފަދަ ގޯތީގެ ރަޖިސްޓްރީއަށް ބަދަލު އަންނަފަދަ ކަންކަން ނުކުރަން އިލްތިމާސްކޮށްފައެވެ.
ހައުސިން މިނިސްޓްރީން މިހެން ބުނެފައިވާއިރު، ހަނިމާދުއަށް ބަދަލުވާ ހިރިމަރަދޫގެ ރައްޔިތުންގެ ހައުސިން ޔުނިޓް ހެދުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށް މިހާރުވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމީ މި އަހަރުގެ ފެބްރުއަރީ އެއްްވަނަ ދުވަހުގައެވެ.
ހިރިމަރަދޫގައި މިމަހު 24ގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހިރިމަރަދޫގައި މިހާރު ހުރި ކޮންމެ ގޯއްޗަކަށް، ހަނިމާދޫން ގޯއްޗެއް ދޭނެ ކަމަށާއި، 154 ގޯތި މިހާރު ހިރިމަރަދޫގައި އޮތް ކަމަށް ކައުންސިލުން މައުލޫމާތުދޭ ކަމަށެވެ. އަދި ހަނިމާދޫން ގޯތީގައި ގެއެއް ހަދައިދީ، ހިރިމަރަދޫ ރައްޔިތުންނާ ހަވާލުކުރަށްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން ރައީސް ވިދާޅުވެފައިވަނީ، ހދ. ހިރިމަރަދޫގެ ރައްޔިތުން އެންމެ މަދުވެގެން 18 މަސްދުވަހުގެ ތެރޭގައި ހަނިމާދުއަށް ބަދަލުކޮށް ނިންމާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު