ރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ މަސައްކަތް ޑިޖިޓަލައިޒްކުރުމަށްޓަކައި އެކުލަވާލި އިންޓަގްރޭޓެޑް ކޭސް މެނޭޖްމެންޓް ސިސްޓަމް އިފްތިތާހުކޮށްފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އުފެއްދި މި ސިސްޓަމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އުއްތަަމަ ފަނޑިޔާރު ޢަބްދުލް ޣަނީ މުޙައްމަދުއެވެ.
މި ނިޒާމު އެންމެ ފުރަތަމަ ބޭނުންކުރަން ފެށީ ކްރިމިނަލް ކޯޓުގައެވެ.
ޑީޖޭއޭއިން ބުނިގޮތުގައި މި ނިޒާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޑިޖިޓަލް ޓްރާންސްފޮމޭޝަން ތަޞައްވުރުކަމުގައިވާ “ދިވެހިރާއްޖެ 2.0″ގެ ތަޞައްވުރަށް ވާޞިލުވުމުގައި މުހިންމު ދައުރެއް އަދާކުރާނެ އެއްޗެއްކަމަށެވެ.
މި ނިޒާމު ފަރުމާކޮށްފައިވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ޑީޖޭއޭ އިން ހާމަކުރެއެވެ.
ޑިޖޭއޭއިން ބުނީ މި ނިޒާމަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމާ ގުޅުވާލައިގެން ފަރުމާ ކޮށްފައިވާ ނިޒާމެއް ކަމަށެވެ. އަދި މި ސިސްޓެމް މެދުވެރިކޮށް ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް މިހާރު އޮންލައިންކޮށް މައްސަލަ ހުށަހެޅޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މީގެ ސަބަބުން އިދާރާތަކުގެ މެދުގައި މައްސަލައާ ގުޅޭ ލިޔެކިޔުންތައް ބަދަލުކުރުމުގައި ލުއިފަސޭހަތަކެއް ލިބި، މައްސަލަ ރަޖިސްޓްރީކުރުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަށް ޑީޖޭއޭއިން ބުނެއެވެ.
ޑިޖިޓަލް ނިޒާމު މެދުވެރިކޮށް މައްސަލަ ރަޖިސްޓްރީކުރުމުގައި މައުލޫމާތުގެ ޞައްޙަކަންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މި ނިޒާމުގެ ސަބަބުން މައްސަލާގައި ޝާމިލުވާ މީހުންގެ ވަނަވަރު ފަސޭހަކަމާއެކު ކަށަވަރުކުރެވޭނެކަމަށްވެސް ޑީޖޭއޭއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު