ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަވީރު ހދ. ކުޅުދުއްފުއްޓަށް ވަޑައިގަތުމާ ގުޅިގެން، އެ މަނިކުފާނާ ދެކޮޅަށް ރައްޔިތުންގެ ބަޔަކު މުޒާހަރާކޮށްފިއެވެ.
ހދ. އަތޮޅަށް ކުރަށްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮަޅު ވެރިކަން ކުރާ ރަށް، ކުޅުދުއްފުއްޓަށް ރައީސް މުޢިއްޒު ވަޑައިގަތީ މިއަދު ހަވީރު އެވެ. ރައީސް ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ޢާންމު ރައްޔިތުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ބަނދަރު ސަރަޙައްދަށް އެއްވިއެވެ. އެހެން ނަމަވެސް ރައީސް މުޢިއްޒު ކުޅުދުއްފުއްޓަށް ޒިޔާރަތްކުރެއްވި ވަގުތު، ބަނދަރު ސަރަހައްދުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ރައްޔިތުންގެ ބަޔަކު އެމަނިކުފާނާ ދެކޮޅަށް އަޑުއުފުލާފައިވެއެވެ. މުޒާހަރާގެ ބައިވެރިން ވަނީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިޞްލާޙުތަކުގެ ސަބަބުން އަތޮޅުތަކަށް ކުރިމަތިވެފައިވާ ދަތިތައް ފާހަގަކޮށް، އެކަން އިޞްލާޙުކުރުމަށް ގޮވާލާފައެވެ.
މީގެއިތުރުން، މީޑިއާ ކޮންޓްރޯލްކުރުމަށް ސަރުކާރުން ނުސީދާކޮށް ހުށަހަޅާފައިވާ ބިލު ބާޠިލުކުރުމަށްވެސް މުޒާހަރާގެ ބައިވެރިން ގޮވާލާފައިވެއެވެ. އަދި "ލޮލަށް ނުފެންނަ އާ ވަޢުދުތަކެއް ބޭނުމެއް ނޫން" މިފަދަ އިބާރާތްތައް ލިޔެފައިވާ ބެނަރުތައްވެސް މުޒާހަރާގައި ބޭނުންކޮށްފައިވެއެވެ.
ރައީސް ކުޅުދުއްފުއްޓަށް ކުރައްވާ މި ދަތުރުފުޅުގައި ބައެއް ތަރައްޤީގެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެއްޓެވުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު