ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް ކައުންސިލްގެތަކުގެ ބާރުތަށް ހިފަހައްޓައި ހަނިކުރުމަށްފަހު ކައުންސިލްތަކަށް ސަރުކާރުން ދަތިނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ކުޅުދުއްފުށީގައި މިރޭ ބޭއްވި ޖަލްސާގައި ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް ދަތިވާނެ އެއްވެސް އިޞްލާޙެއް މި ސަރުކާރުން ނުގަންނާނެ ކަމަށާއި، ކައުންސިލްތަކަށް އެއްވެސް ކަހަލަ ދަތިކަމެއް ދިމާވާނެ ގޮތަކަށް ޢަމަލުނުކުރާނެ ކަމަށެވެ. ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގެ ތެރޭގައި ލާމަރުކަޒީ ނިޒާމުގެ ދަށުން ކަންކަން ހިންގުމުގެ ތަފާތު ތަޖުރިބާތަކެއް ކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން، އެންމެ ފަހުން މާލެ ސިޓީގެ މޭޔަރެއްގެ މަޤާމުގައި ހުންނެވި އިރުގައި، ސަރުކާރުން ހުރަސް އަޅައިގެން ކަންކަން ދިމާވި ގޮތްތައް ވަރަށް ރަނގަޅަށް ހަނދުމަފުޅު އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން އެމަނިކުފާނު މޭޔަރަކަށް ހުންނެވި ދުވަސްވަރު މާލޭގެ ލޭންޑް ޔޫސް ޕްލޭން ހަދާފައި ހުށަހެޅިތާ އެއް އަހަރު ވެގެން ދިޔައިރުވެސް އެ ޕްލޭން ފާސްކޮށްނުދިން ކަމަށާއި، އަދި ލޯކަލް އޮތޯރިޓީ ކުންފުންޏެއް ހަދަން ހުށަހެޅި އިރުވެސް އެކަމުގެ ހުއްދަ އެމަނިކުފާނު މަޤާމުން ވަކިވެވަޑައިގަންނަވަންދެން ލިބިފައިނުވާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. މިފަދަ ތަޖުރިބާތަކަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، ސަރުކާރަކުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަމަށް ހުރަސްއަޅައިފިނަމަ ކައުންސިލްތަކަށް ކުރިމަތިވާނެ ދަތިތައް އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި މި ސަރުކާރުން އެކަހަލަ އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަޤީންކަން ދެއްވަމުން، އެމަނިކުފާނުގެ ޢަޒުމަކީ ލާމަރުކަޒީ ނިޒާމް "ޗެމްޕިއަން" ކޮށްދެއްވުން ކަމުގައި ރައީސް ވިދާޅުވިއެވެ. މިހުރިހާ ކުރިއެރުންތަކެއް ގެނެސްދެނީ ވެސް މި ޢަޒުމުގައި ކަމުގައި ކައުންސިލްގެތަކުގެ ބާރުތަށް ހިފަހައްޓައި ހަނިކުރުމަށްފަހު ރައީސް ވިދާޅުވިއެވެ.
"ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރުން ކަންކަމަށް ހުރަސް އަޅާގޮތާއި، ހުރަސް އެޅީމަ ވާގޮތް އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ، އެހެންވީމަ މި ސަރުކާރަކުންނެއް އެކަހަލަ އެއްވެސްކަމެއް ނުކުރާނަން.،" މާލޭގެ ސިޓީގެ މޭޔަރުކަން ވެސް ކުރެއްވި ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާ އެދެވޭ ބަދަލުތަކުގެ ތެރެއިން އެއް ކަމަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރަމަޟާން މަހުގެ އިނާޔަތް ހަމަޖައްސައިދިނުމާއި، ޤާނޫނީ އޮނިގަނޑުގެ ތެރެއިން އެކި ބާވަތުގެ ޙައްޤުތައް ކަށަވަރުކޮށްދީފައިވުން ކަމަށެވެ. މީގެ އިތުރުން، އެ ކޮމިޓީތަކަށް ބޭންކުތަކުން ލޯނުނެގުމުގެ ފުރުޞަތު ތަނަވަސްކޮށްދެވިފައިވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގަތްއިރު ގިނަ ކައުންސިލް އިދާރާތަކުގެ އިމާރާތްތައް ހުރީ ބާވެ، ހަލާކުވެފައިވާ ޙާލަތެއްގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، ދެ މަޝްރޫޢެއްގެ ދަށުން 165 ރަށެއްގައި އައު ކައުންސިލް އިދާރާތައް އެޅުމަށް ނިންމައި، އޭގެ ތެރެއިން ބައެއް މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ސަރުކާރުގެ އިސް ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއެކު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. މީގެ ކުރިން ރައްޔިތުން މާލެއަށް ދަތުރުކޮށް، ގިނަ ދުވަސްތަކެއް ވަންދެން އެޕޮއިންޓްމަންޓަކަށް އިންތިޒާރުކުރަންޖެހޭ ޙާލަތަށްވެސް ނިމުމެއް ގެނެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުތަކުގައި ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި، ކައުންސިލްތަކުގެ އިހްތިސޯސުގައިވާ ފަޅާއި، ބިން ފަދަ ތަންތަން ކުއްޔަށް ދޫކުރުމުގެ އިތުުރުން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގައި ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ހަނިވާ ގޮތަށް އިސްލާހެއް ވަނީ ހިމަނައިފައެވެ. އެބިލް ރައީސް ތަސްދީގުކުރެއްވުމާއެކު ކައުންސިލްތަކަށް މުވައްޒަފުން ނެގުމަށް ވެސް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.
އެ ގާނޫނާ ދޭތެރޭ ނުރުހުން ފާޅުކޮށް، 100 ވަރަކަށް ކައުންސިލުން ވަނީ ބަޔާން ވެސް ނެރެފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އެ ގާނޫނަށް ގެނެއި އިސްލާހާމެދު ނުރުހުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު