މާލެއަތޮޅު ތުލުސްދޫ ކައިރިން ދަތުރުކުރަނިކޮށް ދޯންޏެއް ބަންޑުންޖަހާލައި، މީހަކު މަރުވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، ބަންޑުން ޖަހާލި 'ލިއޯ' ނަމަކަށް ކިޔާ ދޯންޏެއް ކަމަށާއި އޭގައި 6 މީހަކު ތިބިކަމަށެވެ. އަދި އޭގެތެރެއިން އެކަކު ގެއްލިގެން ހޯދަން ފެށިކަމަށާއި ނަމަވެސް، އޭނާ މަރުވެފައި އޮއްވާ ފެނިފައިވާކަމަށެވެ.
އެހެންވެ މިހާރުވަނީ އޭނާގެ ހަށިގަނޑު ނަގާފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ. އޭނާގެ ހަށިގަނޑު ފެނުނީ ހޯދުމުގެ މަސައްކަތުގައި އުޅުނު ތުލުސްދޫ ބަޔަކަށެވެ.
އޭނާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލެ އޭރިއާ ސެކަންޑް ސްކޮޑްރޮންއިން ވެސް ވަނީ ހަރަކާތްތެރިވެފައެވެ.
ނަމަވެސް މަރުވެފައިވާ މީހާގެ މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު