ބޮލީވުޑްގެ މަޝްހޫރު ތަރި އާލިޔާ ބަޓުގެ އާ ގޭގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލް ވެފައިވާތީ އޭނާ ނުރުހުން ފާޅުކޮށްފިއެވެ.
އާލިޔާއާއި އޭނާގެ ފިރިމީހާ އަދި މަޝްހޫރު ތަރި ރަންބީރު ކަޕޫރުގެ އާ ބަންގަލޯ އަކީ 250 ކަރޯރު ރުޕީސްގެ ބަންގަލޯއެއް ކަމަށް ރިޕޯޓިތަކުގައި ވެއެވެ. މި ބަންގަލޯ ވަރަށް ސާފުކޮށް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ.
ވައިރަލްވެފައިވާ މި ވީޑިއޯއާ ގުޅޭ ގޮތުން ނުރުހުން ފާޅުކުރަމުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި އާލިޔާ ބުނީ އެމީހުންގެ ހުއްދައާއި ނުލާ ގޭގެ ވީޑިއޯތައް ދައުރުކުރުމަކީ އެމީހުންގެ 'ޕްރައިވެސީ' އާ ހިލާފުވުން ކަމަށެވެ. އަދި އެކަން އޭނާ ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.
"މިއީ ސާފުކޮށް ޕްރައިވެސީއަށް އަރައިގަތުމާއި ސެކިއުރިޓީގެ ސީރިއަސް މައްސަލައެއް. ހުއްދަ ނެތި މީހެއްގެ އަމިއްލަ ޖާގައެއް ފިލްމުކޮށް ފޮޓޯ ނެގުމަކީ 'ކޮންޓެންޓެއް' ނޫން، އެއީ ގާނޫނާ ހިލާފު ކަމެއް. މިކަން ދުވަހަކުވެސް ނޯމަލައިޒް ކޮށްގެން ނުވާނެ" އާލިޔާ ބުންޏެވެ.
އޭނާ ވަނީ އެ ވީޑިއޯ އޮންލައިންކޮށް ދައުރު ނުކުރުމަށް އެދިފައެވެ. އަދި މިހާރު ސޯޝަލް މީޑިއާގައި ޝެއާރ ކޮށްފައިވާ ވީޑިއޯތައްވެސް ނެގުމަށް އޭނާ ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު