މުލިއާގެ ކައިރީގައި ނޫސްވެރިން އިހުތިޖާޖުކުރަނީ- ފޮޓޯ: ސޯޝަލް މީޑިއާ
މުލިއާގެ ކައިރީގައި ނޫސްވެރިން އިހުތިޖާޖުކުރަނީ- ފޮޓޯ: ސޯޝަލް މީޑިއާ
މީޑިއާ ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބިލާ ދެކޮޅަށް މުލީއާގެ ކައިރިއަށް އެއްވެ ނޫސްވެރިން އިހުތިޖާޖުކޮށްފިއެވެ.

"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު" އަކީ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށައަޅުއްވާފައިވާ ބިލެކެވެ. ދައުރުން ބޭރުން މިއަދު ބޭއްވި ބައްދަލުވުމުގައި، 49 މެމްބަރުންގެ ތާއީދާއެކު މި ބިލު ވަނީ ބަލައިގެންފައެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

މި ބިލާ ދެކޮޅަށް މިއަދު ހެނދުނުން ފެށިގެން ނޫސްވެރިން އަންނަނީ މުޒާހަރާ ކުރަމުންނެވެ. ހެނދުނު މަޖިލިސް ކައިރީގައި މުޒާހަރާ ކުރުމަށްފަހު ދެން ނޫސްވެރިން އެއްވީ، ރައީސް އޮފީސް ކުރިމައްޗަށެވެ.

މުޒާހަރާގެ ބައިވެރިން ރައީސް އޮފީސް ކައިރީގައި ތިއްބާ ފުލުހުން ވަނީ މުޒާހަރާއަށް ހުރަސްއަޅައި ބައެއް ބައިވެރިން ހިފަހައްޓާފައެވެ. އެގޮތުން ހިފެހެއްޓި ނޫސްވެރިންނަށް ޤާނޫނީ އިންޒާރުދީ ވަނީ ދޫކޮށްލާފައެވެ.

ގާނޫނީ އިންޒާރުދިން ފަހުން ވެސް ރައީސް އޮފީސްދޮށުގައި މުޒާހަރާ ކުރުމަށްފަހު، މުލިއާގެ ކުރިމައްޗަށް އެއްވެ ވެސް ނޫސްވެރިން ވަނީ ބިލާ ދެކޮޅަށް އަޑުއުފުލާފައެވެ.

މުޒާހަރާގައި ނޫސްވެރިން ގޮވާލީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރު ކަމަށްވާ, މިނިވަން މީޑިއާ, ސީދާ ސަރުކާރުން ކޮންޓްރޯލްކުރެވޭ ގޮތަށް ގާނޫނު ނުހެދުމަށެވެ.



ކިޔުންތެރިންގެ ހިޔާލު