ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކާ ގުޅިގެން، އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެ ރަށެއްގައި ތިއްބަވާ ފަނޑިޔާރުންނަށް ނިކުންނެވޭނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އެގޮތަށް ނިންމީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިންތިޒާމުކޮށްގެން މިއަދު ބޭއްވެވި ބައްދަލުވުމުގައެވެެ. އެ މަޝްވަރާ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުޙަބާ ދެންނެވުމަށް ފަނޑިޔާރުންގެ ބައިވެރިވުމާއި، ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނާއެކު ބާއްވާ ބައްދަލުވުންތަކުގައި ފަނޑިޔާރުންނާއި ޝަރުޢީ ދާއިރާގެ މުވައްޒަފުން ބައިވެރިވުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މަޝްވަރާތަކަށްފަހު ކޮމިޝަނުން ނިންމީ، ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވުމަށް ފަނޑިޔާރުން ބައިވެރިވެވޭނެ ކަމަށެވެ. ނަމަވެސް، އެފަދަ ހަރަކާތްތަކުގައި ބައިވެރިވާއިރު، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި ހަމަތައް ދެމެހެއްޓުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު