ރަސްމާލޭ ހިއްކުމުގެ މަސައްކަތް ކުރަމުންދާތީ އެ ސަރަހައްދުގައި ޑައިވް ނުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއުގެ ސައިޓް ސީ އާއި އީ އިން ވެލި ނަގަން ހަމަޖެހިފައިވާ ބޮރޯ އޭރިއާތަކާއި ބޮރޯ އޭރިއާ އާއި ބިން ހިއްކާ ސައިޓާ ދޭތެރޭ ކޮންޓްރެކްޓަރެއްގެ ޑްރެޖަރު 24 ގަޑިއިރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެޗްޑީސީން ވަނީ ބިން ހިއްކުމަށް ވެލި ނަގަން ހަމަޖެހިފައިވާ ބޮރޯ އޭރިއާގައި ޑްރެޖަރު ހަރަކާތްތެރިވާނެ ސަރަހައްދާއި އެ ތަނުގައި ޑްރެޖާ ދަތުރުކުރާނެ ރޫޓުގެ ޗާޓެއް ވެސް ހާމަކޮށްފަ އެވެ. އެ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައި އުޅަނދު ފަހަރު އަޅައިގެން ތިބުމާއި ޑައިވްކުރުން ފަދަ ކަންކަން ކުރުމަކީ ރައްކާތެރިިކަމެއް ނޫން ކަމަށް އެކުންފުނިން ބުނެއެވެ. އަދި އެ ސަރަަހައްދުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް ވެސް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު