މަޖިލީހަށް ހުށަހަޅާފައިވާ މީޑީއާ ތަކަށް ފިޔަވަޅު އަޅާ ބިލް ބޭރުކުރުމަށް ގޮވާލާ ނޫސްވެރިން މިއަދު ގްރީން ޒޯންގައި ކުރި މުޒާހަރާ އާއި ގުޅިގެން އެއްވެސް ނޫސްވެރިއަކު ހައްޔަރުކޮށްފައި ނުވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މުޒާހަރާ ކުރި ސަރަހައްދުގައި ތިބި މީޑީއާގެ މުވައްޒަފުންނަށް ގްރީން ޒޯނުން ނުކުތުމަށް އެންގުނީ، އެއީ ކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އިހުތިޖާޖުކުރުމަށް ނުވަތަ އާންމު އެއްވުންތައް ބޭއްވުމަށް ޤާނޫނީގޮތުން ހުއްދަ ދެވިފައިވާ ސަރަހައްދެއް ނޫންކަމަށްވާތީ ކަމަށެވެ. މި އެންގުން އެންގީ އާންމު ރައްޔިތުންގެ ސަލާމަތާއި މަޞްލަޙަތު ދެމެހެއްޓުމުގެ މަޤްޞަދުގައި، ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ ސަރަހައްދުގައި ތިބި ފުލުހުން ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތަކަށް، އޭގެ ތެރޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރެޓިކް މުޖުތަމަޢެއްގައި މީޑީއާގެ މުހިންމު ދައުރަށް އިޙްތިރާމްކުރާކަން އެ ޚިދުމަތުން ޔަގީން ކޮށްދޭކަމަށެވެ. ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިހުތިޖާޖުތަކާއި އެއްވުންތައް ބޭއްވުމަށް މަގުފަހިކޮށްދިނުމުގައި ދެމިތިބޭނެ ކަމަށް ފުލުހުން ބުނެއެވެ.
އެއާއެކު، މިފަދަ ޙަރަކާތްތައް ހިންގަންވާނީ އާންމު މަޞްލަޙަތާއި ސަލާމަތާއި ރައްކާތެރިކަން ޙިމާޔަތްކުރާ ޤާނޫނީ އޮނިގަނޑުގެ ތެރެއިންކަން ކަށަވަރުކުރުމުގައިވެސް މަސައްކަތްކުރާނެ ކަމަށް ފުލުހުންގެ ބަޔާނުގައިވެެެއެވެ.
މީޑިއާ ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބިލާ ދެކޮޅަށް ރައީސް އޮފީހާއި މުލީއާގެ ކައިރިއަށް އެއްވެ ނޫސްވެރިން މިއަދު ވަނީ އިހުތިޖާޖުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު