ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު، ނޫސްވެރިން "އުލުބައިންދަން" (އެބަހީ، އުލަށް އަމުނައި މަރާލަން) ގޮވާލި ގޮވާލުމާ ގުޅިގެން، އެކަން ކުށްވެރިކުރި ސަރުކާރުގެ އިސް މަޤާމެއްގައި ހުންނެވި ބޭފުޅަކު ވަޒީފާއިން ވަކިކޮށްފިއެވެ. އެކަން ހިނގިތާ 24 ގަޑިއިރު ވެސް ނުވަނީސް، މިނިސްޓްރީ އޮފް ސްޕޯޓްސްގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އިބްރާހިމް ސައީދު (ކޭޑު) ވަޒީފާއިން ވަކިކުރި ވާހަކަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ ސިޓީއަކުން އޭނާއަށް އަންގާފައެވެ.
ފަލާހުގެ ބަޔާނާ ގުޅޭގޮތުން ކޭޑު ފާޅުކުރެއްވި ޚިޔާލު ފޭސްބުކް މެދުވެރިކޮށް ޢާންމުކުރެއްވިއެވެ. އޭނާގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ "މި ކަލޭގެ ނޫސްވެރިން އުލަށް އަމުނައި މަރާލަން ގޮވާލި މައްސަލަ ވެސް ބަލަންޖެހޭ" ކަމަށެވެ. މީގެ އިތުރުން، ފަލާހު ދެކެ ބިރުގަންނާނީ ހަމައެކަނި ޕީއެންސީގައި ހިމެނޭ 'ރިހަ ޓީމު' ކަމަށާއި ނަމަނަމަ އޭނާއާ ނުބެހުމަށް ކޭޑު ވަނީ ވިދާޅުވެފައެވެ.
މި ހާދިސާއިން އިތުރަށް ދޭހަވެގެންދަނީ ނޫސްވެރިންނާ މެދު މިފަދަ އަނިޔާވެރި ކަމަކަށް ގޮވާލުމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސް ފަރާތްތަކުގެ ތާއީދު ލިބިގެން ކުރެވޭ ކަމެއްކަމުގައެވެ. ނަމަވެސް ނޫސްވެރިންނާ މެދު މިފަދަ އަނިޔާވެރި ޢަމަލުތަކަށް ގޮވާލުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި މިފަދަ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑުއުފުލުމުގެ ސަބަބުން ސަރުކާރުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ ވެސް ޑިމޮކްރެސީގެ އުސޫލުތަކާ ޚިލާފު ކަމެކެވެ.
މިކަމާ ގުޅިގެން، ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހިމާޔަތްކުރުމަށް ގޮވާލައި، ގިނަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިފަދަ ކަންކަމުގައި ސަރުކާރުން ޢަމަލުކުރަމުންދާ ގޮތާމެދު ސުވާލު އުފައްދާފައިވެއެވެ. މިކަމަށް ގުޅިގެން މާބޮޑު ޝަރަހައެއް އަދި ސަރުކާރުން ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު