މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ ޕޯޑިއަމްގައި ހުންނަވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުތަކުން ސިފަވަނީ ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ ރަންޒަމާނެއް އައިސްފައިވާ ކަމެވެ. ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުޅާދާއިރާއެއްގައި ކަށަވަރުކޮށްދިން ސަރުކާރަކީ މިއީ ކަމަށް ރައީސް ވިދާޅުވާއިރު، ހަގީގަތަކީ އެމަނިކުފާނުގެ ވެރިކަމުގެ ކުރީކޮޅުން ފެށިގެން މިއަދާ ހަމައަށް ވެސް ނޫސްވެރިންނާ އޮތް ގުޅުން އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައިކަމެވެ. ވެރިކަމުގެ ކުރީކޮޅު ނޫސްވެރިންނާ އެކަށީގެންވާ ގާތް ގުޅުމެއް ނުބާއްވައި، މީޑިއާތަކަށް ފިލައިގެން އުޅުމުގެ ސަގާފަތެއް ފެނިގެންދިޔައިރު، މިއަދު ފެންނަނީ ނިޒާމީ ގޮތެއްގައި ނޫސްވެރިންގެ ދޫ ބަންދުކުރަން މަސައްކަތް ކުރާ މަންޒަރެވެ.
ރައީސް މުއިއްޒު ވިދާޅުވާ ގޮތުގައި، ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް މީޑިއާތަކަށް ދިނުމާއި "މީޑިއާ ވިލެޖް" ފަދަ މަޝްރޫއުތަކަކީ ނޫސްވެރިންގެ މިނިވަންކަމަށް ކުރާ ކަމެއް ކަމަށް ރައީސް ސިފަކުރެއްވި ނަމަވެސް، މިއީ ހަގީގަތުގައި ނޫސްތައް ސަރުކާރުގެ މާލީ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ޖަހާފައިވާ މަޅިއެކެވެ. ސަރުކާރުން ދޭ ފައިސާއަށް ބަރޯސާވާން ޖެހުމުން، ސަރުކާރުގެ ނުބައި ސިޔާސަތުތަކަށް ފާޑުކިޔުމުގެ ހިތްވަރު މީޑިއާތަކުގެ ކިބައިން ގެއްލި، މުޅި ނޫސްވެރިކަން ސަރުކާރަށް ސަނާކިޔާ މެޝިނަކަށް ބަދަލުވެގެންދާނެ ކަމުގެ ބިރު މިއަދު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
ޕޯޑިއަމްތަކުގައި މިނިވަންކަމުގެ ރީތި ޝިއާރުތައް އުފުއްލެވި ނަމަވެސް، އަމަލީ ގޮތުން ފެންނަނީ ބިރުވެރި މަންޒަރެކެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ނަމުގައި އާ ކޮމިޝަނެއް އުފައްދައި، ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމާއި، ކޮންޓެންޓް ހުއްޓުވުމުގެ ބާރު ސަރުކާރުން ވަނީ ނަގާފައެވެ. އަދި ހަބަރެއްގެ ތެދުދޮގު ކަނޑައެޅުމުގެ އިހުތިޔާރު ސަރުކާރުގެ ނުފޫޒު އޮންނަ ބައެއްގެ އަތްމައްޗަށް ދޫކޮށްލުމަކީ ނޫސްވެރިންގެ ގަލަމުގައި ކަސްތޮޅު އެޅުވުމެވެ.
މި ސަރުކާރުގެ ހަރުކަށިކަން އެންމެ ބޮޑަށް ހާމަވެގެންދިޔައީ "އަދަދު" ނޫހުގެ އޮފީސް ފުލުހުން ވަދެ ރެއިޑްކޮށް، އެތަނުގެ ސިސްޓަމްތައް ގެންދިޔަ ހިސާބުންނެވެ. މީގެ އިތުރުން، ރައީސްއާ ސުވާލުކުރި ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ރައީސް އޮފީހުން ބޭރުކޮށްލައި، 15 ދުވަހަށް ޖަލަށްލުމާއި، ލިޔުނު ލިޔުމަކާ ގުޅިގެން ލީވާން އަލީ ނާސިރު 10 ދުވަހަށް ހައްޔަރުކުރުމަކީ މިނިވަން ނޫސްވެރިކަމަށް ދިން މަރުގެ އެތިފަހަރެކެވެ. މިފަދަ އަމަލުތަކުން ސާފުކޮށްދެނީ ސަރުކާރު ޖަވާބުދާރީކުރުވަން މަސައްކަތްކުރާ ކޮންމެ ނޫސްވެރިއަކަށް އޮތީ ޖަލުގޮޅި ނުވަތަ ބޮޑު ޖޫރިމަނާއެއް ކަމެވެ.
ވެރިކަމުގެ ކުރީކޮޅު ނޫސްވެރިންނަށް ފުރުސަތު ނުދީ، މީޑިއާތަކާ ދުރުން އުޅުނު ސަރުކާރުން މިއަދު މިނިވަންކަމުގެ ވާހަކަ ދެއްކުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާ ކަމެކެވެ. ޖުމުލަ ގޮތެއްގައި ބަލާއިރު، ރައީސް މުއިއްޒުގެ ސަރުކާރުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތީ ހަމައެކަނި ރަސްމީ ޖަލްސާތަކުގެ ޕޯޑިއަމްތަކުގައެވެ. އަމަލީ މައިދާނުގައި ނޫސްވެރިން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި، ސަރުކާރުގެ "އޮބިއެޅުމުގެ" ސިޔާސަތުގެ ދަށުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު