އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަޠީން
އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަޠީން
މީޑިއާތަކުން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭ އެއްޗެއްގެ ރަހަޔާ ކުލަ ގުޅިފައި އޮންނަނީ ސިޔާސީ ޕާޓީތަކާ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަޠީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މަތީން މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުގެ މެންބަރުންގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފައިވާ މީޑިއާ ރެގިއުލޭޓަރީ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާކޮށް އަޑުއުފުލަމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މަތީން ވިދާޅުވީ ދިވެހިރާއްޖޭގައި ނަންހިގާ ބޮޑެތި މީޑިއާތަކުގެ މިލްކުވެރިންނަކީ ސިޔާސީ ޕާޓީތަކުގެ އެންމެ އިސްވެރިން، ނުވަތަ ސިޔާސީ ޕާޓީތަކުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިންނަވާ ބޭފުޅުން ކަމަށެވެ.

އެހެންކަމުން މީޑީއާތައް ހިންގަވާ ބޭފުޅުން ވެގެންދަނީ ރިޔާސީ ކެންޑިޑޭޓުން, ނުވަތަ މަޖިލިސް މެމްބަރުން, ނުވަތަ ވަޒީރުން, ނުވަތަ އެކި ސަރުކާރުތައް ހިންގެވުމުގައި އެންމެ އިސްކޮށް ތިއްބަވާ ބޭފުޅުން, ނުވަތަ ވިޔަފާރިވެރިންނަށް ކަމަށް މަތީން ވަނީ ވިދާޅުވެފައެވެ. އަދި ހަމަ އެބީދައިން މީޑިއާތަކުގައި މަސައްކަތްކުރައްވާ ގިނަ ބޭފުޅުންނަކީ ސިޔާސީ ބޭފުޅުންގެ މުވައްޒަފުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މީޑިއާގެ މިނިވަންކަން ބިނާވެފައިވަނީ މި ޙަޤީޤަތުގެ މައްޗަށް. މީޑިއާތަކުން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭ އެއްޗެއްގެ ރަހަޔާ ކުލަޔާ ވަސް ގުޅިފައި އޮންނާނީވެސް މި ހަޤީޤަތާކަމާމެދު ޝައްކުކުރާނެ ޖާގައެއްނެތް. މީޑިއާގެ ބުރުސޫރަ ބައްޓަންވެފައިވާ ގޮތާމެދު ސުވާލު އުފެދެންޖެހޭ ސަބަބެއްވެސް ނެތް،" މަތީން ވިދާޅުވިއެވެ.

ކަން މިހެން އޮތްނަމަވެސް މި ހަގީގަތުގެ އަލީގައި ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް މަތީން ވަނީ ވިދާޅުވެފައެވެ.

އެގޮތުން ޒިންމާދާރުވެ، އެކަކު އަނެކަކަށް އިހްތިރާމްކޮށް، ހަގީގަތް އޮޅުވާނުލައި، ތިމާއާ ތިމާގެ އަނބިދަރިންނާ ޢާއިލާގެ އަބުރު ރައްކާތެރިކުރާފަދައިން އަނެކާގެ އަބުރުވެސް ރައްކާތެރި ކުރަން ޖެހޭ ކަމަށް މަތީން ވިދާޅުވިއެވެ. އަދި ޙައްޤުތައް ލިބިގަތުމުގެތެރޭގައި އަނެކާގެ ޙައްޤަކަށް އަރައިނުގަތުމަށް ސަމާލުވާން ޖެހޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އަދި އެމީހެއްގެ ޢަމަލުތަކާ ބަސްމަގާ ބަހުރުވަޔާމެދު ކޮމިޝަނަކަށް ޖަވާބުދާރީވާން ދެކޮޅުހެދިޔަސް މާތްالله ގެ ހަޟްރަތުގައި ޖަވާބުދާރީ ވާންޖެހޭނެކަން ހިނދުކޮޅަކަށްވެސް ހަދާން ނައްތާލައިގެން ނުވާނެ ކަމަށް މަތީން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް